ރައްކާތެރި، ވިލުންތެރި ދިވެހިރާއްޖެއެއް ބިނާކުރުމަށް އިނގިރޭސިވިލާތުގެ ފަންނީ އެހީތެރިކަން ދެނީ
އެކްސަސައިޒްގެ ބައިވެރިން; ފޮޓޯ-ރައީސް އޮފީސް

ރައްކާތެރި، ވިލުންތެރި ދިވެހިރާއްޖެއެއް ބިނާކުރުމަށް އިނގިރޭސިވިލާތުގެ ފަންނީ އެހީތެރިކަން ދެނީ

4 days ago - 15:33
May 28, 2025 - 15:33
Advertisement
Advertisement

ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރާ ޤައުމީ މުއައްސަސާތަކަށް ޚާއްޞަ އެކްސަސައިޒެއް ކުރިއަށްގެންގޮސްފިއެވެ. މިހަރަކާތް ކުރިއަށް ގެންދިޔައީ ދިވެހިރާއްޖޭގައި ހުންނަ އިނގިރޭސި ހައިކޮމިޝަނުން އިންތިޒާމްކޮށްގެން ޓޭބަލްޓޮޕް އެކްސަސައިޒެއްގެ ގޮތުގައެވެ.

'އަމާން އައްސޭރި 2025' ގެ ނަމުގައި ކުރިއަށްގެންދިޔަ ހަރަކާތުގައި ސަރުކާރުގެ 11 ވުޒާރާއެއް ތަމްސީލުކުރައްވާ އިސްވެރިންނާއި މަންދޫބުން ބައިވެރިއެވެ. އޭގެތެރޭގައި ވަޒީރުން ހިމެނިވަޑައިގަންނަވައެވެ. ހަރަކާތް ކުރިއަށް ގެންދިޔައީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ގުޅިގެންނެވެ.

ރައީސް އޮފީހުން ވިދާޅުވީ މިއީ މިއީ ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ސަލާމަތީ ގޮތުން ގުޅުން ބަދަހިކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި ބައިވެރިވުމުން ރަމްޒުކޮށްދެނީ، ރައްކާތެރި، ވިލުންތެރި ދިވެހިރާއްޖެއެއް ބިނާކުރުމަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދެ ޤައުމުން ހިއްސާކުރާ ޢަޒުމް ކަމަށް އެއޮފީހުން ވިދާޅުވިއެވެ.

މި އެކްސަސައިޒަކީ، ޓެރަރިޒަމާ ގުޅުންހުރި ކުއްލި ނުރައްކާތަކާ ކުރިމަތިލާން ތައްޔާރުވެވިފައިވާ މިންވަރާއި، އެފަދަ ޙާލަތެއްގައި މުވައްސަސާތަކުގެ މެދުގައި އެއްބާރުލުންދެވޭ މިންވަރު ދެނެގަނެ، ޤާބިލުކަން ހުރި- ނެތް މިންވަރާއި، އެކަންކަން ހަރުދަނާ ކުރަން ނިންމަންޖެހޭ ނިންމުންތައް ދެނެގަތުމަށް ބޭއްވި އެކްސަސައިޒެއް ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

Advertisement
Advertisement

ހަރަކާތް ކުރިއަށް ގެންދިޔައީ ހޯމަ އަދި އަންގާރަ ދުވަހު ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement