ރާއްޖެއަށް އެތެރެކުރަން އުޅުނު ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި
ވައިގެ މަގުން އެތެރެކުރި މަސްތުވާތަކެތި: ފޮޓޯ-ކަސްޓަމްސް

ރާއްޖެއަށް އެތެރެކުރަން އުޅުނު ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި

8 days ago - 12:41
Oct 10, 2024 - 12:41
Advertisement

ރާއްޖެއަށް އެތެރެކުރަން އުޅުނު ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ.

ކަސްޓަމްސްއިން ބުނީ ރާއްޖެއަށް އެތެރެކުރަން އުޅުނު 3.48 ކިލޯގެ މަސްތުވާތަކެތި ދެ ދުވަހެއްގެ މަތީން އަތުލައިގެންފައިވާ ކަމަށެވެ. އެއީ މިމަހުގެ 5 ވަނަ ދުވަހާއި 7 ވަނަ ދުވަހު އެވެ. މިމަހުގެ 5 ވަނަ ދުވަހު ކަސްޓަމްސްއިން އަތުލައިގަތީ 2440 ގްރާމްގެ މަސްތުވާތަކެއްޗެވެ. އަދި މިމަހުގެ 7 ވަނަ ދުވަހު ފުލުހުން އަތުލައިގަތީ 1040 ގްރާމްގެ މަސްތުވާތަކެއްޗެވެ. މީގެތެރޭގައި ހިމެނެނީ ވައިގެ މަގުން ބްރެޒިލް މީހަކު އެތެރެކުރަން އުޅުނު މަސްތުވާތަކއެއްޗާއި, ޕޯސްޓުން ދިވެހި ފިރިހެނަކު އެތެރެކުރަން އުޅުނު މަސްތުވާތަކެއްޗެވެ. 1040 ގްރާމް އެތެރެކުރަން މަސައްކަތްކުރީ ޕޯސްޓުންނެވެ. އަދި 2440 ގްރާމް އެތެރެކުރަން އުޅުނީ ވެލާނާ އިންޓަރނޭޝަނަލް އެއަޕޯރޓުން ވައިގެ މަގުންނެވެ.

ފުލުހުން އަތުލައިގަތީ ކޮކެއިންއާއި ހެރޮއިން އެވެ. އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު ހަ މިލިއަނަށް އަރައެވެ.

 

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement