އިޒްރާއިލް އިން ޣައްޒާގައި ކުރާ ހަނގުރާމައަށް އަހަރެއް: ބައެއް މުޙިއްމު ހާދިސާތައް!
ފަލަސްތީނަށް އިޒްރާއީލުން ދޭ ހަމަލާތަކުގައި ގައުމު ސުންނާފަތިވެފަ: ފޮޓޯ-ރޮއިޓަރސް

އިޒްރާއިލް އިން ޣައްޒާގައި ކުރާ ހަނގުރާމައަށް އަހަރެއް: ބައެއް މުޙިއްމު ހާދިސާތައް!

8 days ago - 09:07
Oct 10, 2024 - 09:08

އިޒްރާއިލްއިން ޣައްޒާގައި ހިންގާ ހަނގުރާމައިގެ ޖަރީމާތައް އަހަރެމެންގެ ލޯކުރިމަތީގައި ނިއުޅެމުންދާތާ ފުރިހަމަ އަހަރެއް ފާއިތުވީއެވެ. ނަމަވެސް ފަލަޞްޠީނުގެ އާންމުންނާ ދެކޮޅަށް އިޒްރާއިލްއިން ހިންގަމުންދާ ޢުދުވާން ހަމަ އެގޮތުގައި އަދިވެސް ދަނީ ކުރިއަށެވެ. ހަނގުރާމައަށް އަހަރެއް ވީއިރު އިޒްރާއިލްއިން މަރާލި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. މިދިޔަ ވިއްސަކަށް އަހަރުގެ އެކިއެކި ހަމަނުޖެހުންތަކުގައި މަރާލި މީހުންނަށްވުރެ އެންމެ އަހަރެއްގެ ތެރޭގައި އިޒްރާއިލްއިން މަރާލި އަންހެނުންނާއި ކުޑަކުދިންގެ އަދަދު އިންތިހާއަށް އިތުރެވެ.

މާޗު މަހު އދ ން ބުނެފައިވާގޮތުގައި ހަމާލާތަކުގެ ފުރަތަމަ ދެތިން މަހު އެކަނިވެސް އިޒްރާއިލް އިން ފަލަޞްޠީނުގައި މަރާލި އަންހެނުންނާއި ކުޑަކުދިންގެ އަދަދު  ފާއިތުވި ހަތަރު އަހަރު ތެރޭގައި މުޅި ދުނިޔެއަށް ބެލިނަމަވެސް މާ ގިނައެވެ. ހަމަލާތައް ހުއްޓާލުމުގެ ބަދަލުގައި އިޒްރާއިލްއިން ދަނީ ލުބުނާނަށާއި ސީރިއާއަށްވެސް ބޮން އަޅަމުންނެވެ.

 

މުހިއްމު ހާދިސާތައް:

އޮކްޓޯބަރު 7, 2023 – ހަމާސްގެ އޮޕަރޭޝަން އަދި އިޒްރާއިލްއިން ހަނގުރާމަ ފެށުން

ހަމާސްއާއި ޣައްޒާގައި ހަރަކާތްތެރިވާ މުޖާހިދުންގެ ޖަމާޢަތްކުން "އަޤްސާ ޠޫފާން" ގެ ނަމުގައި ދެކުނު އިޒްރާއިލް އަށް ދިން ރޮކްޓް ހަމަލާތަކުގައި 1139 މީހުން މަރާލާ 250 އް ހާ މީހުން އަސީރު ކުރިއެވެ. ހަމަ އެދުވަހު ރައްދުގައި އިޒްރާއިލްއިން ޣައްޒާއަށް ވައިގެ ހަމަލާތައްދޭން ފެށިއެވެ. އަސީރުން މިނިވަން ކުރުމުގެ ނަމުގައި އިޒްރާއިލްއިން ފެށި ހަނގުރާމައަށް އަހަރެއް ވެފައިވާއިރު އިޒްރާއިލްއިން ޣައްޒާގެ 41,900 މީހުން މަރާލާފައިވާކަމަށް ރަސްމީ ހިސާބުތަކުން ދައްކައެވެ. ޢިމާރާތްތަކުގެ ދަށުގައި 10,000 އަށް ވުރެ ގިނަ މީހުން ވަޅުލެވިފައިވާކަމަށް ބެލެވޭއިރު މުޅި ޣައްޒާގެ އިންފްރާސްޓްރަކްޗަރ ވަނީ އެއްކޮށް ހަލާކުވެފައެވެ

 

އޮކްޓޯބަރު 8, 2023: ޣައްޒާގެ ދިފާއުގައި ހިޒްބުالله ނިކުތުން

އިޒްރާއިލްއިން ޣައްޒާއަށް ހަމަލާދޭންފެށިތާ 24 ގަޑިއިރު ފަހުން ލުބުނާނުގެ ހިޒްބުالله އިން ވަނީ އިޒްރާއިލްއަށް ރޮކެޓް ހަމަލާތަކެއް ދީފައެވެ. އެއާއެކު ހިޒްބުالله އިން ބުނެފައިވަނީ އިޒްރާއިލްއިން ޣައްޒާއަށް ދޭ ހަމަލާތައް ހުއްޓާނުލާހާ ހިނދަކު ފަލަޞްޠީނުގެ ދިފާއުގައި އެމީހުންވެސް އިޒްރާއިލްއާ ހަނގުރާމަ ކުރާނެ ކަމުގައެވެ. ހިޒްބުالله ގެ އެންމެ ރޮކެޓް ހަމަލާއަކަށް އިޒްރާއިލްއިން 5 ހަމަލާ ދެމުން ދިޔަ ނަމަވެސް އަހަރެއްވީއިރުވެސް ހިޒްބުالله ވެސް ދަނީ ހަމަލާތައް ކުރިއަށް ގެންދަމުންނެވެ. ހަމަލާތަކާއެކު ލުބުނާނު އާއި އިޒްރާއިލްގެ އެތައް އާންމުންނެއް ވަނީ ސަރަޙައްދު ދޫކޮށް ގޮސްފައެވެ.

 

އޮކްޓޯބަރު 17, 2023 – އަލް އަޙްލީ ހޮސްޕިޓަލް

ވިއްސިވިލާލިވެފައިވާ ފަލަޞްޠީނުގެ ރައްޔިތުންނާއެކު ފުރިފައިއޮތް އަލް-އަޙްލީ ހޮސްޕިޓަލް އަށް އިޒްރާއިލް ބޮންއަޅާ 500 އެއްހާ މީހުން މަރާލިއެވެ. ގިނަ މީހުން މަރުވީ ހުއްޓުމެއްނެތި އެސަރަހައްދަށް އަޅަމުންދިޔަ ބޮންތަކުގެ ސަބަބުންނެވެ. އިޒްރާއިލްއިން އޭރު ބުނެފައިވަނީ އެއީ ހަމާސްއިން ދިން ހަމަލާތަކެއް އޮޅިގެން ހޮސްޕިޓަލަށް އެރީކަމުގައެވެ. ނަމަވެސް އަލް ޖަޒީރާގެ ތަޙްޤީގުން އެއީ އިޒްރާއިލްއިން ވާހައެއް ހަދައިގެން އެމިހުންގެ ހަމަލާގެ ހެކި އޮޅުވާލަން ކުރި ކަމެއްކަމަށް ވަނީ ހާމަވެފައެވެ. އެއީ އިޒްރާއިލްގެ އަނިޔާވެރި ކަމުގެ ކުޑަ މިންވަރެކެވެ.

 

ނޮވެމްބަރު 19, 2023 – ހޫތީންގެ ފުރަތަމަ ހަމަލާ

ހަމާސްއާ ގުޅުން އޮންނަ ޔަމަނުގެ ހޫތީން ވަނީ ރަތްކަނޑުގައި އެމީހުންގެ ފުރަތަމަ ހަމަލާ ދީފައެވެ. އިޒްރާއިލްގެ ވިޔަފާރިވެރިއެއް ހިއްސާވާ ކާގޯ ބޯޓް 'ގެލްކްސީ ލީޑަރ' ހުތީން ވަނީ ހައިޖެކް ކޮށްފައެވެ. އެބޯޓުން ދަތުރުކުރި 25 މީހުން އަދިވެސް ތިބީ ހޫތީންގެ އަތްދަށުގައެވެ. ހޫތީން ވަނީ އެއީ އިޒްރާއިލްއިން ޣައްޒާއާއި ހުޅަނގު އައްސޭރީގައި ފަލަޞްޠީނުގެ ރައްޔިތުންނަށް ދޭ ހަމަލާތަކާ ގުޅިގެން ހިންގި އަމަލެއްކަމަށް ބުނެފައެވެ. އެއަށްފަހު ރަތްކަނޑުން ދަތުރުކުރާ އިޒްރާއިލްއާ ގުޅުންހުރި ބޯޓުތަކަށް އަމާޒުކޮށް ހޫތީން ދަނީ ގިނަ ހަމަލާތަކެއް ދެމުންނެވެ.

 

ނޮވެމްބަރު 24 ން ޑިސެމްބަރު 1 –ހަފުތާއަކަށް ހަމަލާތައް މެދުކަނޑާލުން

އެއް އަހަރު ތެރޭގައި ހަމަލާތައް ހުއްޓިފައި އޮތީ އެންމެ ހަތަރު ދުވަހަށެވެ. އެއީ ޤަތަރުން މެދުވެރިއެއްގެ ރޯލު އަދާކޮށްގެން ހަމަލާތައް ވަގުތީގޮތުން ހުއްޓާލި ހުއްޓާލުމެވެ. އެ ހަތަރު ދުވަހު ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުއްދަ ދެވުނު އިރު ދެފަރާތުން ވަނީ އަސީރުން ބަދަލުކޮށްފައެވެ. އޮކްޓޯބަރު 7 ގައި ހަމާސްއިން އަސީރުކުރި 237 މީހުންގެ ތެރެއިން 50 އަންހެނުނާއި ކުޑަކުދިން ދޫކޮށްލަށް އެއްބަސްވިއެވެ. އިޒްރާއިލް ޖަލުތަކުގައި ހައްޔަރުކޮށްފައިތިބީ ފަލަޞްޠީނުގެ 150 އަންހެނުންނާއި ކުޑަކުދިން ދޫކޮށްލުމަށް އިޒްރާއިލްއިންވެސް ވަނީ އެއްބަސް ވެފައެވެ. 

އދ ގެ އިންސާނީ ޙައްގުތާކާބެހޭ އޮފީހުން ބުނެފައިވާ ގޮތުގައި ހަމަލާތައް ހުއްޓަލުމަށް އެއްބަވެސްވެފައިވާ މުއްދަތުގެ ތެރޭގައި ނޮވެމްބަރު 29 އަދި 30 ވަނަ ދުވަހު އިޒްރާއިލްއިން ވަނީ ޣައްޒާގެ ދެމީހުންގެ ގަޔަށް ބަޑިޖަހާ މަރާލާފައެވެ.

 

ޖެނުއަރީ 12, 2024 – ޔަމަނަށް ވައިގެ ހަމަލާތަކެއް ދިނުން

ހޫތީން ރަތްކަނޑުގައި ދެމުންދާ ހަމަލާތަކުގެ ރައްދެއްގެ ގޮތުން އިނގިރޭސި ވިލާތާއި އެމެރިކާ ގުޅިގެން ޔަމަނަށް ބޮން އެޅިއެވެ. ހަމލާތަކުގައި ހޫތީންގެ ފަސް ހަނގުރާމަ ވެރިއަކު މަރުވި ނަމަވެސް ރަތްކަނޑުގައި ހޫތީން ދޭ ހަމަލާތައް ހުއްޓާލާފައެއް ނުވެއެވެ.

 

މެއި 6, 2024 – ރަފަޙް އަށް އަރައިގަތުން

އިޒްރާއިލް އިން ރަފަޙް އަށް އެރުމުގެ ކުރިން އުތުރު ޣައްޒާގައި އިޒްރާއިލް ދެމުން ގެންދާ ބޮމުގެ ހަމާލތާކުން ސަލާމަތްވުމަށް 1.4 މިލިއަން މީހުން ރަފަޙްއަށް އަށް ގޮސްފައިވެއެވެ. ބައިބޯވެފައިވާ ރަފަޙްއަށް އަރައިގަނެ އިޒްރާއިލްއިން ހިންގި ޖަރީމާތަކުގައި ވަނީ ހުރިހާ ރަތްރޮނގެއް ހުރަސްކޮށްފައެވެ. މިހަމަލާތަކާއެކު ޣައްޒާއަށް އެހީގެ ތަކެތި އެތެރެކުރެވެން އޮތް ހަމައެކަނި މަގު 'ރަފަޙް ކޮރޮސިން' ބަންދުވީއިރު ހަމަލާރަކުގައި މުޅި ރަފަޙް ފުނޑާލިއެވެ. މެއި ފަހު ހަފުތާގައި އިންޓާނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ރަފަޙް ގައި ހިންގުމްދިޔަ ހަމަލާތައް ވަގުތުން ވަގުތައް ހުއްޓާލުމަށް އިޒްރާއީލްއަށް އަމުރުކުރި ނަމަވެސް އިޒްރާއިލްއިން އެއަމުރަށް ތަބާވެފައެއް ނެތެވެ.

 

ޖުލައި 13 2024- އަލް މަވާސީ ޤަތުލް

ހަމަލާތަކުގައި ވިއްސި ވިހާލިވެފައިވާ އެތައްހާސް ބަޔަކު ޓެންޓުތަކުގައި ދިރިއުޅެމުންދިޔަ, އަދި އިޒްރާއިލްއިން " ސޭފް ޒޯން" އެއް ކަމަށް ކަނޑައަޅާފައިވާ ޚާން ޔޫނުސްގެ އަލް މަވާސީ ސަރަޙައްދަށް ދިން ހަމަލާތަކުގައި 90 މީހުން މަރާލާ އެތައް ސަތޭކަ ބަޔަކު ޒަޙަމްކޮށްލިއެވެ. އިޒްރާއިލްގެ ހަނގުރާމަ މަތީ ބޯޓުތަކުން ވަނީ އެސަރަޙައްދުގެ ވޯޓަރ ޑީސަލިނޭޝަން ޔުނިޓަށްވެސް ހަމަލާދީފައެވެ. މިއީ އެއް އަހަރުގެ ތެރޭގައި އިޒްރާއިލްއިން ހިންގި އެތައް ޤަތުލެއްގެ ތެރެއިން އެއް ޤަތުލެވެ. އޭގެތެރޭގައި;

·      އޮގަސްޓް 8 – އަލް ތާބިން ސްކޫލަށް ދިން ހަމަލާތަކުގައި 100 އަށް ވުރެ ގިނަ މީހުން މަރާލި.

·      ޖޫން 8 – ނުސައިރަތު ރެފިއުޖީ ކޭމްޕަށް ދިން ހަމަލާތަކުގައި 274 މީހުން މަރާލި.

·      މެއި 27 – އަލް މަވާސީ ސަރަޙައްދުގެ ރެފިއުޖީން ތިބޭ ތަންތަނަށް ހަމަލާދީ 45 މީހުން މަރާލި (ޓެންޓް ގަތުލް).

·      މާޗް 18 – އަލް ޝިފާ ހޮސްޕިޓަލަށް ދިން ހޮސްޕިޓަލްގައި ހިމާޔަތް ހޯދައިގެން އާންމުން ތިބި ތަނަށް ބޮން އަޅާއި 400 މީހުން މަރާލި

·      29 ފެބުރުވަރީ - ޣައްޒާގެ ނަބުލްސީ ސިޓީގައި އިންސާނީ އެހީހޯދުމަށް ކިއުހަދައިގެންތިބި ސަރަޙައްދަށް ބޮންއަޅާ 118 މީހުން މަރާލި (ފުށުގެ ޤަތުލް).

·      އޯގަސްޓް 10 -  ވިއްސި ވިހާލިވެފައިވާ މީހުން ހިމާޔަތް ހޯދައިގެ ތިބި މިސްކިތެއްގައި ފަތިސް ނަމާދުގެ ޖަމާޢަތުގައި ތިބާ މިސްކިތަށް ބޮންއަޅާ 100 އަށް ވުރެ ގިނަ މީހުން މަރާލި (ފަޖުރު ޤަތުލް).

 

ސެޕްޓެމްބަރު 17, 2024 – ލުބުނާނަށް ދިން މަރުގެ ހަމަލާ އަދި ހަނގުރާމަ ފުޅާވުން

މިދުވަހު ލުބުނާނުގައި ޕޭޖަރުތަކެއް ގޮއްވާލާ އެތައްބަޔަކު މަރާލި އިރު އޭގެ އަނެއް ދުވަހު ވޯކީޓޯކީތަކެއް ގޮއްވާލާ އެތައްސަތޭކަ ބަޔަކު މަރާލިއެވެ. ސެޕްޓެމްބަރު 23ގައި ލުބުނާނުގެ ބެކާވެލީ ހިމެނޭ އާންމުން ދިރިއުޅޭ ސަރަޙައްދަށް ދިން ހަމަލާތަކުގައި މަދުވެގެން 550 މީހުން މަރާލިއިރު 27 ވަނަ ދުވަހު އިޒްރާއިލްއިން ދިން ހަމަލާތަކުގައި މަރާލި މީހުންގެ ތެރޭގައި ހިޒްބުالله ގެ ލީޑަރު ޙަޞަން ނަޞްރުالله ވެސް ހިމެނެއެވެ. ލުބުނާނަށް ދިން ހަމަލާތަކާއެކު 1.2 މީހުން ގެދޮރުގެއްލި ވިއްސިވިހާލި ވެފައިވާކަމަށް ލުބުނާނުގެ ސަރުކާރު މަޢުލޫމާތު ދެއެވެ. އަދި ލުބުނާނުން 2000 ށްވުރެ ގިނަ މީހުން މަރާލާފައިވާކަމަށް ވެސް މަޢުލޫމާތު ދީފައިވެއެވެ. މިއާއެކު އިޒްރާއިލްއިން ފަލަޞްޠީނުގައި ކުރަމުންދާ ހަނގުރާމަ ވަނީ ފުޅާވެފައެވެ. އިޒްރާއިލްއިން މިހާރުވެސް ދަނީ ލުބުނާނަށާއި ޣައްޒާއަށް  އަދި ޔަމަނަށްވެސް ހަމަލާދެމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow