އިރުއޮއްސެންވާއިރަށް ކަރަންޓް ދެވޭނެ- ސްޓެލްކޯ
އަލުން ކަރަންޓް ދޭން ހޭދަވާނީ 45 މިނިޓް

އިރުއޮއްސެންވާއިރަށް ކަރަންޓް ދެވޭނެ- ސްޓެލްކޯ

އިކްއިޕްމަންޓްސް އަށް ބޮޑު މައްސަލައެއް ދިމާވެފަ ނެތް

11 months ago - 17:15
Jun 1, 2025 - 17:16
Advertisement
Advertisement

މުޅި މާލެއާއި ހުޅުމާލެ އަށް އިރުއޮއްސުމުގެ ކުރިން ކަރަންޓް ދެވޭނެ ކަމަށް ސްޓްލްކޯއިން ބުނެފިއެވެ. ސްޓެލްކޯގެ ޓެކްނިކަލް ޓީމުން މީދިޔާއާ ބައްދަލުކޮށް ވިދާޅުވީ ކުރިއަށް އޮތް 45 މިނިޓްގެ ތެރޭގައި ކަރަންޓް ދެވޭނެ ކަމަށް އުއްމީދު ކުރެވޭ ކަމަށެވެ.

މިހާރުވެސް މާލޭގެ %63 އާއި ހުޅުމާލޭގެ ބޮޑު ސަރަހައްދަކަށް ވަނީ ކަރަންޓް ދީފައެވެ. ހުޅުމާލެ ފޭސް އެކެއްގެ އިތުރުން ފޭސް ދޭއްގެ ބަޔަކަސްވެސް ވަނީ ކަރަންޓް ދީފައެވެ.

ކަރަންޓް އަލުން ދިނުމުގެ ކެޕޭސިޓީ ހުރި ކަމަށާއި, ލަސްވަނީ ވަކި ތަރުތީބަކުން ކުރަން ޖެހޭ ކަމަކަށްވުމުން ކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ. އަދި ކަރަންޓްގެ ޚިދުމަތް މެދުކެނޑުނު ނަމަވެސް އިކްއިޕްމަމްޓްސްއަށް ބޮޑު ގެއްލުމެއް ލިބިފައި ނުވާކަމުގެ ޔަގީންކަންވެސް ސްޓެލްކޯއިން ދެއްވިއެވެ.

މުޅި މާލެއާއި ހުޅުމާލެއިން ކަރަންޓް ކެނޑުނީ މިއަދު މެންދުރު 12:40 ގައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement