ސިޑްނީ ބޮޑު ހިނގާލުމަށްފަހު އޮސްޓްރޭލިއާއިން ފަލަޞްޠީނުގެ ދައުލަތް ބަލައިގެންފާނެކަމުގެ އިޝާރާތެއް
ހާރިޖީ ވަޒީރު ޕެނީ ވޮންގް. ފޮޓޯ: ދަ ވެސްޓް އޮސްޓްރޭލިއާ

ސިޑްނީ ބޮޑު ހިނގާލުމަށްފަހު އޮސްޓްރޭލިއާއިން ފަލަޞްޠީނުގެ ދައުލަތް ބަލައިގެންފާނެކަމުގެ އިޝާރާތެއް

ބަލައިގަންނާނެ ފަަލަޞްޠީނެއް ފަހުން ނޯވެދާނެކަމަށް ވިދާޅުވި ނަމަވެސް ކޮމިޓްމަންޓެއް ނުދެއްވި

10 hours ago - 12:12
Aug 5, 2025 - 12:36

އިޒްރާއިލްއިން ޣައްޒާގައި ހިންގަމުން ގެންދާ ޤަތުލްއާންމާއި, ހިފާފައިވާ ހުޅަނގު އައްސޭރީގައިވެސް ބިންފޭރުމާއި ނަޞްލުނައްތާލުމުގެ ޖަރީމާތަކެއް ހިންގަމުންދާ މި ދަނޑިވަޅުގައި "ފަލަޞްޠީނު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ބާކީ އެއްޗެއް ނޯވެދާނެ ކަމުގެ ބިރުއެބައޮތް ކަމަށް" އިޒްރާއިލްގެ ހާރިޖީ ވަޒީރު ޕެނީ ވޮންގް އެޤައުމުގެ މީޑިއާތަކަށް ބުނެފިއެވެ. 

އިޒްރާއިލްއިން ޣައްޒާގައި ހިންގަމުންގެންދާ ޤަތުލްއާންމު ހުއްޓާލުމަށާއި ފަލަޞްޠީނު މިނިވަންކުރުމަށް ގޮވާލާ ހޮނިހިރު ދުވަހު ސިޑްނީގެ މަޝްހޫރު ހާބަރ ބްރިޖްގައި އެއްކޮޅުން އަނެއްކޮޅަށް ބޭއްވި ބޮޑު ހިނގާލުމާ ގުޅިގެން އޮސްޓްރޭލިއަން ބްރޮޑްކާސްޓިންގ ކޯޕަރޭޝަން (އޭބީސީ) އަށް ދިން ބަސްދީގަތުމެއްގައި ވޮންގް އެހެން ވިދާޅުވިނަމަވެސް ފަލަޞްޠީނު ދައުލަތެއްގެ ގޮތުގައި ބަލައިގަންނާނީ ކޮން އިރަކުން ކަމެއް ވޮންގް ވިދާޅެއް ނުވެއެވެ.

ހޮނިހިރު ދުވަހު ސިޑްނީގެ ބޮޑު އެއްވުމުގައި 300,000 އެއްހާ މީހުން ބައިވެރިވިކަމަށް ހިނގާލުން އިންތިޒާމްކުރި ފަރާތުންވަނީ ބުނެފައެވެ. ވޮންގް ވަނީ ހިނގާލުމުގެ ބައިވެރިން ސުލްހައަށާއި ހަމަލާތައް ހުއްޓާލަން ގޮވާލި ގޮވާލުން ސަރުކާރުންވެސް ހިއްސާކުރާކަމަށް ވިދާޅުވެފައެވެ. އަދި އޭގެން ދޭހަވަނީ ޣައްޒާގައި ހިންގަމުންގެންދާ ކަންކަމާއި, ލާއިންސާނީ ހާލަތާއި, ޣައްޒާގެ އަންހެނުންނާއި ކުޑަކުދިން ތަހައްމަލް ކުރާ ވޭނާއި ކެކުޅުން, އަދި އިންސާނީ އެހީ ވަނަނުދިނުމުގެ ސަބަބުން ދިންމާވެފައިވާ އިންސާނީ ކާރިސާއަކީ އޮސްޓްރޭލިއާގެ ރައްޔިތުން އެކަންކަމާމެދު ކަންބޮޑުވާކަން ކަން ކަމަށްވެސް ވޮންގް ވަނީ ވިދާޅުވެފައެވެ.

ޤަތުލްއާންމާ ގުޅޭގޮތުން އިޒްރާއިލްއަށް އިތުރު ފިޔަވަޅުތައް އަޅާފާނެތޯ ކުރި ސުވާލުގެ ޖަވާބުގައި ވޮންގް ވަނީ ފިޔަވަޅު އެޅިއަސް ސަބަބެއް އޮވެގެން އެވާހަކަ ނުދެއްކުމަކީ އެކަމުގެ އަސަރު ބޮޑުވާކަމެއް ކަމުގައި ބުނެ އެކަމާ ގުޅޭގޮތުން އިތުރަށް ވާހަކަ ދެއްކުމަށް އިންކާރު ކުރައްވާފައެވެ. 

Advertisement
Advertisement

އަދި އިޒްރާއިލްގެ ކަނާތުފިޔާގެ ދެ ވަޒީރަކާ ދެކޮޅަށް މިހާރުވެސް އޮސްޓްރޭލިއާ އިން ފިޔަވަޅު އަޅާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. މިއަހަރުގެ ޖޫން މަހު އިޒްރާއިލްގެ ކަނާތުފިޔައިގެ އިތްމާރް ބެން-ގްވިރް އަދި ބެޒަލެލް ސްމޮޓްރިޗްގެ އިތުރުން "ހައްދުފަނައެޅި" އިޒްރާއިލްގެ ވަޒަންވެރިންނަށްވެސް އޮސްޓްރޭލިއާއިން ވަނީ ފިޔަވަޅު އަޅާފައެވެ.

ފަލަޞްޠީނުގެ ދައުލަތް ބަލައިގަންނާނެތޯ ކުރި ސުވާލަށް ޖަވާބު ދެމުން ވޮންގް ވަނީ "އެއީ އެކަން ކުރާނެތޯ އެހުމަށްވުރެ ކޮންއިރަކުންތޯ ކުރާނީ" އޮތް ސުވާލެއްކަމަށެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow