
އިންޑިއާއިން ޕާކިސްތާނަށް ވައިގެމަގުން ހަމަލާދޭން ފަށައިފި
އިންޑިއާއިން ޕާކިސްތާނުގެ އެކި ސަރަހައްދުތަކަށާއި، ކަޝްމީރުގެ ޕާކިސްތާން ފަޅިއަށް ގިނަ މިސައިލް ހަމަލާތަކެއް ދީފިއެވެ. ހަމަލާތަކާއެކު ޕާކިސްތަނުގެ ޕަންޖާބު ޕްރޮވިންސްގައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ. ޕާކިސްތަނުން ވަނީ އިންޑިއާގެ 'ހަނގުރާމައިގެ މި އަމަލަށް' ރައްދު ދޭނެކަމަށް ވައުދުވެފައެވެ.
އިންޑިއާއިން ޕާކިސްތާނަށް ހަމަލާ ދީފައިމިވަނީ ކަޝްމީރުގެ އިންޑިއާ ފަޅީގައި ފާއިތުވި މަހު ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއާ ގުޅިގެން ދެ ގައުމުގެ މެދުގައި މަސްރަހް ވަރަށް ބޮޑަށް ގޯސްވެފައި ވަނިކޮށެވެ. ނަމަވެސް ޕާކިސްތާނުން ވަނީ އެހަމަލާގައި އެގައުމުގެ އަތެއްނުވާކަމަށް ބުނެފައެވެ.
ނިއުކްލިއަރ ހަތިޔާރުގެ ގާބިލްކަން ލިބިފައިވާ އިންޑިއާ އަދި ޕާކިސްތާނަކީ ބޯޑަރު ހިއްސާކުރާ އަވަށްޓެރިން ނަމަވެސް ޒަމާންވީ ދެ ހަތުރުންނެވެ. ހާއްސަކޮށް ކަޝްމީރުގެ މިލްކުވެރި ލަމުގެ މައްސަލައިގައި ދެގައުމުގެ އަރާރުން އަބަދުވެސް ބޮޑެވެ.
"އިންޑިއާއިންވާނީ ޕާކިސްތާނުގެ ޓެރަރިސްޓުންގެ ހަރުގެތަކަށް އަދި ޕާކިސްތާނުން ހިފާފައިވާ ޖައްމޫ އަދި ކަޝްމީރަށް އަސްކަރީ ހަމަލާ ދީފައި. އެއީ އެންމެ ފަހުގެ ޓެރަރިސްޓް ހަމަލާތައް އިންޑިއާއާ ދެކޮޅަށް ރާވާ، އަދި ހަމަލާ ދީފައިވާ ފަރާތްތައް" ހަމަލާތަކަށް ފަހު އިންޑިއާގެ ސަރުކާރުން ބުދަ ދުވަހު ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
އިންޑިއާ އިން އިތުރަށް ބުނީ ހަމާލާތެއ ދީފއިވާނީ އޭގެ ޒާތުގައި ގެއްލުން ކުޑަވާނެ ގޮތަށް އަދި އަމާޒުތަކަށް ފޯކަސްކޮށްގެން ކަމުގައެވެ. އަދި ޕާކިސްތާނުގެ އެއްވެސް އަސްކަރީ ޕެސިލިޓީއަކަށް ހަމަލާ އަމާޒުކޮށްފައި ނުވާނެ ކަމަށްވެސް އިންޑިއާއިން ވަނީ ބުނެފައެވެ.
އިންޑިއާގެ ހަމަލާތަކުގައި މިހާތަނަށް މަދުވެގެން 2 މީހަކު މަރުވެ 12 މީހަކު ޒަހަމަވެފައިާކަން ޕާކިސްތާނުގެ އަސްކަރިއްޔާއިން ވަނީ ކަށަވަރުކޮސްދީފައެވެ.
ރިއެކްޝަންސް






