ހަފްތާގެ ކޮންމެ ދުވަހަކު އާރުޓީއެލްގެ ފެރީގެ ޚިދުމަތް ހުރިހާ ރޫޓަކަށް ބޭނުމެއް ނުވޭ- މިނިސްޓަރ
މިނިސްޓަރ އަމީން މަޖިލިހުގައު ޖަވާބުދެއްވަނީ: ފޮޓޯ-ރައްޔިތުންގެ އަމޖިލިސް

ހަފްތާގެ ކޮންމެ ދުވަހަކު އާރުޓީއެލްގެ ފެރީގެ ޚިދުމަތް ހުރިހާ ރޫޓަކަށް ބޭނުމެއް ނުވޭ- މިނިސްޓަރ

1 day ago - 10:15
May 7, 2025 - 10:15
Advertisement
Advertisement

ހަފްތާގެ ކޮންމެ ދުވަހަކު އާރުޓީއެލްގެ ފެރީގެ ޚިދުމަތް ހުރިހާ ރޫޓަކަށް ބޭނުން ނުވާކަމަށް ޓްރާންސްޕޯރޓް މިނިސްޓަރ މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. ބައެއް އަތޮޅުތަކުގެ ރޫޓްތަކުގައި ރޯދަމަހުން ފެށިގެން ހުކުރު ދުވަހު ދަތުރުނުކުރާކަން ފާހަގަކުރައްވާ ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކު ތަޅުމުގައި މިއަދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ އަމީން ވިދާޅުވީ ހަފްތާއަކު 7 ދުވަހު ހުރިހާ އަތޮޅެއްގެ, ހުރިހާ ރޫޓެއްގައި ދަތުރުކުރަން ބޭނުން ނުވާކަން ޑޭޓާއިން އިނގޭ ކަމަށެވެ/

 ބައެއް ރޫޓްތަކުގައި ހުކުރު ދުވަހު ދަތުރު ނުކުރަނީ ޑޭޓާއަށް ބަލާއިރު, އެރޫޓްތަކުގައި ހަތް ދުވަހު ދަތުރު ކުރަން ބޭނުންނުވާކަން ފެންނަން އޮތުމުން ކަމަށެވެ. އެކަމަކު އެފަދަ ރޫޓްތައް ހިމެނޭ ރަށްތަކުންވެސް ހަތް ދުވަހު ދަތުރުކުރަން އެދޭނެމަ އެބަދަލު ގެންނަވާ, އަލުން ފައްޓަވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" ނަމަވެސް އެރޫޓެއްގައި ބޭނުންކުރައްވާ ރައްޔިތުން ބޭނުންވެވަޑައިގެން މިއަދުވެސް އެދިއްޖެނަމަ އެދެމުންދާ ރޫޓްތައް އަޅުގަނޑުމެން ރީސްޓާޓް ކުރަމުން މިގެންދަނީ. ޑޭޓާއަށް ބަލާފަ ހުކުރު ދުވަހު ބައެއް ރޫޓްތަކުގައި ހަމަ އެއްގޮތަކަށްވެސް ދަތުރެއް ނުކުރޭ." މިނިސްޓަރ ވިދާޅުވިއެވެ.

އާރުޓީއެލް ޚިދުމަތަކީ ދައުލަތުން އެމްޓީސީސީއަށް ވަރަށްބޮޑަށް ސަބްސަޑައިޒް ކުރެވިގެން ދޭ ޚިދުމަތެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ބަދަލުތައް ގެންނަނީ ސަބްސިޑައިޒް ކުރަންޖެހޭ އަދަދު ކުޑަކުރުމަށް ކަމަށެވެ. އެޚިދުމަތަށް މިހާރުވެސް ދައުލަތުން ގާތްގަނޑަކަށް %80 މުޅި އޮޕަރޭޝަނަށް ސަބްސިޑައިޒް ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ރިކަވަރީއަށް ލިބެނީ އެންމެ  %20 ކަމަށެވެ.

Advertisement
Advertisement

ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރުޓީއެލްގެ ޚިދުމަތް ފެށުމެވެ. ކުރިއަށް އޮތީ ރ. އަތޮޅާއި ބ.އަތޮޅުގައި ޚިދުމަތް ފެށުމެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement