އަނެއްކާވެސް ތިން ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
ބިދޭސީންގެ މައްސައަކީ ގައުމަށް ދިމާވެފައިވާ ބޮޑު މައްސަލައެއް / ފޮޓޯ: އިމިގްރޭޝަން

އަނެއްކާވެސް ތިން ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

1 year ago - 21:22
Feb 22, 2025 - 21:35
Advertisement
Advertisement

ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް ހިންގި އޮޕަރޭޝަނެއްގައި ސައްޚަ ވިސާ ނެތި މަސައްކަތްކުރަމުންދިޔަ ތިން ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ބުރާސްފަތި ދުވަހު ހިންގި އޮޕަރޭޝަންގައި ބިދޭސީން ދިރިއުޅޭ އެކަމަޑޭޝަން ބްލޮކަކާއި ކެފޭއެއް ބަލައި ފާސްކުރިއެވެ. މީގެ ކުރިން އަންގާރަ ދުވަހުވެސް މާލޭގައި ހިންގަމުންދާ ކުދި ފަސް މާރުކޭޓެއް ބަލައި ފާސްކޮށް، ދެ ބިދޭސީއެއް ހައްޔަރުކޮށްފައިވެއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް، ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ތިން އަހަރުގެ ޕްލޭނެއް ވަނީ އެކުލަވާލާފައެވެ. މިޕްލޭނުގެ ދަށުން 2027 ވަނަ އަހަރުގެ އޭޕްރިލް މަހަށް ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދޭނެ ކަމަށް ހޯމް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. 

މި މަސައްކަތްތަކަކީ ރާއްޖޭގެ އިމިގްރޭޝަން ނިޒާމު ހަރުދަނާކޮށް، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެކެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement