
އެމްޑީޕީގެ ގައުމީ މަޖިލިހަށް ހުސެއިން ހަސަން އިންތިޚާބުވެއްޖެ
ހުސެއިން އިންތިޚާބު ކާމިޔާބުކުރީ ސައުދު ބަލިކޮށްގެން
އެމްޑީޕީގެ ގައުމީ މަޖިލިހުގެ ވިލިނގިލި ދާއިރާގެ ރައީސްކަމަށް ނޫސްވެރިޔާ ހުސެއިން ހަސަން އިންތިޚާބުވެއްޖެ އެވެ.
ހުސެއިން ހަސަން އިންތިޚާބު ކާމިޔާބުކުރީ ރައްޔިތުންގެ މަޖިލިހުގެ އެދާއިރާގެ ކުރީގެ މެމްބަރު ސައުދު ހުސައިންގެ މައްޗަށް ކުރިހޯދައިގެންނެވެ. ސައުދު ވަނީ މިދިޔަ އަހަރު އޮތް ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީގައި ހުސެއިން ބަލިކޮށްފައެވެ.
ވިލިނގިލި ދާއިރާގެ ރައީސްގެ މަގާމް ހުސްވީ އެދާއިރާގެ ރައީސް އިސްތިއުފާ ދިނުމުންނެވެ. ހުސެއިން އިންތިޚާބު ކާމިޔާބުކުރީ 20 ވޯޓްގެ ތަފާތުންނެވެ. ހުސެއިން 192 ވޯޓް ހޯދިއެވެ. ސައުދު އަށް ލިބުނީ 172 ވޯޓެވެ.
ރިއެކްޝަންސް






