
އޮންލައިން ޕޯޓަލް ތައާރަފްކޮށްފިން 6 ގެ ފަހުން ނަމްބަރު ނެގޭނެ: އާދަމް ޝަރީފް
ރަމަޟާން މަހަށް ސަރުކާރުން ދޭ ރޯދަ ހަދިޔާ، މަސްދަޅު ކޭސް ހޯދުމަށް މާލެ ސަރަހައްދުގައި ކިޔޫގައި ރަޖިސްޓްރީ ވުމުގެ އޮންލައިން ނިޒާމު ތަޢާރަފުކޮށްފިއެވެ.
މިކަން ހާމަކުރެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ.
މިނިސްޓަރ ވިދާޅުވީ ހަވީރު 6 ގެ ފަހުން މި ލިންކު ބޭނުންކޮށްގެން ޓޯކެން ނަމްބަރު ނެގޭނެ ކަމަށާއި ނަމްބަރު ނެގުމަށް ކިއޫ ޖެހެން ނުޖެހޭނެ ކަމަށެވެ. އަދި ގިނަ ވަގުތު ކިއޫގައި ނުތިއްބަސް، ރޯދަ ހަދިޔާ ހުރިހާ ގޭބީސީތަކަށް ލިބެންދެން 28 ފެބްރުއަރީގެ ފަހުން ވެސް މި ޕްރޮގްރާމް ކުރިއަށް ގެންދާނެ ކަމަށެވެ.
މާލޭ ސަރަހައްދުގައި މަސްދަޅު ކޭސް ދޫކުރުމަށް ހަމަޖެހިފައިވާ މަރުކަޒުތަކާއި ދޫކުރަން ހަމަޖެހިފައިވާ ނަމްބަރުގެ އަދަދު:
1- މިފްކޯ ކޮމްޕްލެކްސް (މާފަންނު)- 200 ޓޯކަން
2- އެމް.ޓީ.ސީ.ސީ ސޯމިލް- 200 ޓޯކަން
3- ހެންވޭރު ދަނޑު- 100 ޓޯކަން
4- ގަލޮޅު ދަނޑު – ސެޓަޕް 1- 50 ޓޯކަން
5- ގަލޮޅު ދަނޑު – ސެޓަޕް 2- 50 ޓޯކަން
6- ގަލޮޅު ދަނޑު – ސެޓަޕް 3- 50 ޓޯކަން
7- ގަލޮޅު ދަނޑު – ސެޓަޕް 4- 50 ޓޯކަން
8- ސޯޝަލް ސެންޓަރު- 100 ޓޯކަން
9- ވިލިމާލެ – ވެމްކޯ ސައިޓް- 100 ޓޯކަން
10- ހުޅުމާލެ – އުމަރު ޒާހިރު ބިލްޑިންގ- 100 ޓޯކަން
11- ހުޅުމާލެ – ޕޮލްކޯ ޓަވރ (ސީ ބްލޮކް)- 10- 100 ޓޯކަން
12- ހުޅުމާލެ – ހިޔާ ޓަވަރު 10- 100 ޓޯކަން
13- ހުޅުމާލެ – ކާމިލްދީދި ޕްރީސްކޫލް- 100 ޓޯކަން
މާލޭ ސަރަހައްދުގައި މަސްދަޅު ކޭސް ބެހުމުގެ ކަންކަން ކުރިއަށްގެންދަނޚ ރޭގަނޑު 8:00 އިން 12:00 އަށެވެ.
ރިއެކްޝަންސް






