ފުވައްމުލައް ސިޓީގެ ކެމްޕޭން ހަރަކާތުގައި ފަސްޓް ލޭޑީ ސާޖިދާ ބައިވެރިވެވަޑައިގެންފި

ފުވައްމުލައް ސިޓީގެ ކެމްޕޭން ހަރަކާތުގައި ފަސްޓް ލޭޑީ ސާޖިދާ ބައިވެރިވެވަޑައިގެންފި

2 hours ago - 16:58

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ފުވައްމުލަކު ސިޓީގެ އެކި ދާއިރާތަކަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދަވައިދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު ފުވައްމުލަކު ސިޓީގައި "ދޮރުން ދޮރަށް" ހަރަކާތެއް ކުރިއަށް ގެންދަވައިފިއެވެ.


މި ހަރަކާތް މިއަދު މެންދުރުފަހު ކުރިއަށް ގޮސްފައިވަނީ ފުވައްމުލަކު ސިޓީގެ ދެކުނު ދާއިރާގައި ހިމެނޭ ފުނާޑު އަދި ދޫނޑިގަން އަވަށުގައެވެ. މި ހަރަކާތުގައި މެޑަމް ސާޖިދާ ވަނީ އެ ދާއިރާގެ ގިނަ ގެތަކަކަށް ޒިޔާރަތްކުރައްވައި، ރައްޔިތުންގެ ހާލު ބައްލަވައި، ކެންޑިޑޭޓުންނަށް ތާއީދު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާފައެވެ.


މެޑަމް ސާޖިދާގެ އަރިހުގައި މި ހަރަކާތުގައި ފުވައްމުލަކު ސިޓީގެ މޭޔަރު ކަމަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އަލީ މަސީޙު އާއި، ޕީއެންސީގެ އަންހެނުންގެ ގޮފީގެ ރައީސާ މަރިޔަމް ޝިއުނާ ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއި، ރައްޔިތުންގެ މަޖިލީހުގެ އެކި ދާއިރާތައް ތަމްސިލުކުރައްވާ މެންބަރުންނާއި، ޕާޓީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވެފައިވެއެވެ.

މި "ދޮރުން ދޮރަށް" ހަރަކާތުގެ ތެރެއިން ފުވައްމުލަކު ސިޓީގެ ރައްޔިތުންގެ ފަރާތުން ސަރުކާރަށް ތާއީދުކުރައްވާ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެ، ފުވައްމުލަކު ސިޓީގައި ޕީއެންސީއަށް އޮތް ތާއީދު ދައްކުވާފައެވެ. 

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow