
ޑިމޮކްރެޓްސްގެ ރައީސް އަކަށް އިންތި
ނައިބުރައީސް އަކީ ވައްޑެ
ދަ ޑިމޮކްރެޓްސްގެ ރައީސް އަކަށް އިމްތިޔާޒު ފަހުމީ (އިންތި) ހޮވިއްޖެއެވެ. ރައްޔިތުންގެ މަޖިލިހުގެ މާފަންނު އުތުރު ދާއިރާގެ ކުރީގެ މެމްބަރު އިމްތިޔާޒު ފަހުމީ އެޕާޓީގެ ރައީސް ކަމަށް ހޮވީ އެމަގާމަށް ހުޅުވާލުމުން އިތުރު ބޭފުޅަކު ކުރިމަތިނުލައްވާތީ އެވެ.
ޑިމޮކްރެޓްސްގެ ނައިބުރައީސް ކަމަށް ރައްޔިތުންގެ މަޖިލިހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ވަހީދު (ވައްޑެ) ވެސް ވަނީ ހޮވާފައެވެ. އެމަގާމަށްވެސް އިތުރު ބޭފުޅަކު ވާދައެއް ނުކުރައްވައެވެ.
ދަ ޑިމޮކްރެޓްސްގެ ރައީސްގެ މަގާމް ހުސްވީ އެމަގާމްގައި ކުރިން ހުންނެވި ރައްޔިތުންގެ މަޖިލިހުގެ ހެންވެއިރު ހުޅަނގު ދާއިރާގެ ކުރީގެ މެމްބަރު އަލްއުސްތާޒު ހަސަން ލަތީފް އިސްތިއުފާ ދެއްވުމުންނެވެ. ނައިބުރައީސްގެ މަގާމް ހުސްވީ އެމަގާމްގައި ހުންނެވި ރައްޔިތުންގެ މަޖިލިހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ޝިފާޒު އިސްތިއުފާ ދެއްވުމުންނެވެ. ޝިފާޒު އާއި ހަސަން ލަތީފްވެސް ވަނި ކުރީގެ ޕާޓީ އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފައެވެ.
ދަ ޑިމޮކްރެޓްސް އަކީ އެމްޑީޕީގެ ތެރެއިން, އެޕާޓީއާ ހިޔާލު ތަފާތު ބޭފުޅުން ނިކުމެވަޑައިގެން އުފެއްދެވި ޕާޓީއެކެވެ. ކުރީގެ ރައީސް އަދި އެމްޑީޕީގެވެސް ކުރީގެ ރައީސް މުޙައްމަދު ނަޝީދަކީ ވެސް ޑިމޮކްރެޓްސްގެ މެމްބަރެކެވެ.
ރިއެކްޝަންސް






