އިންތިޚާބުގައި ކޮންމެ މީހަކަށް ތިން ވޯޓު ކަރުދާސް ލިބޭނެ؛ އިރުޝާދުތައް ކިޔުމަށް އީސީން އިލްތިމާސްކޮށްފި

އިންތިޚާބުގައި ކޮންމެ މީހަކަށް ތިން ވޯޓު ކަރުދާސް ލިބޭނެ؛ އިރުޝާދުތައް ކިޔުމަށް އީސީން އިލްތިމާސްކޮށްފި

2 hours ago - 19:31
Mar 18, 2026 - 19:35

ކުރިއަށް އޮތް އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި ވޯޓުލާ ކޮންމެ މީހަކަށް ތިން ވޯޓު ކަރުދާސްކޮޅު ލިބޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ.


އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި، އެއް ދުވަހެއްގެ ތެރޭގައި ތަފާތު ތިން ކަމަކަށް ރައްޔިތުން ވޯޓުލާން ޖެހޭތީ، ކޮންމެ ވޯޓުލާ މީހަކަށް ވެސް ލިބޭނީ ސީދާ ތިން ވޯޓު ކަރުދާހެވެ. އަދި ވޯޓުލާ މަރުކަޒަށްދާ މީހުން ކަރުދާހުގައި ދީފައިވާ އިރުޝާދުތައް ވަރަށް ރަނގަޅަށް ކިޔުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކޮންމެ ކަރުދާސްކޮޅެއް ލުމަށްޓަކައި، އެ ކަރުދާސްކޮޅަކަށް ޚާއްސަ ކުރެވިފައިވާ ވަކި ފޮއްޓެއް ކޮންމެ މަރުކަޒެއްގައި ވެސް ބެހެއްޓިފައި ހުންނާނެ ކަމަށް އެ ކޮމިޝަނުން މައުލޫމާތު ދެއެވެ.


އޭޕްރީލް 4 ގައި ބާއްވާ މި އިންތިޚާބަކީ ރާއްޖޭގެ އިދާރީ ދާއިރާތަކާއި، އަންހެނުންގެ ބައިވެރިވުން އިތުރުކުރުމުގެ އިތުރުން ރާއްޖޭގެ އިންތިޚާބީ ނިޒާމަށް ގެނެވިދާނެ ބަދަލަކާ ގުޅޭގޮތުން ރައްޔިތުންގެ ބަސް ހޯދުމަށް ބޭއްވޭ މުހިންމު އިންތިޚާބެކެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow