އެލް.ޖީ.އޭގެ ބޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައްވައިފި

އެލް.ޖީ.އޭގެ ބޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައްވައިފި

16 hours ago - 09:46

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) ގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައްވައިފިއެވެ.


މި ފުރުޞަތު ހުޅުވާލާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2010/7) ގެ 59 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މި ފުރުޞަތު ހުޅުވާލެއްވީ، އެލް.ޖީ.އޭގެ ބޯޑުގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން 3 މެންބަރެއްގެ ދައުރު ހަމަވާތީއެވެ.


މި މަޤާމުތަކަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓުން މިހާރު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން 29 ޖުލައި 2026 ވާ ބުދަ ދުވަހުގެ ނިޔަލަށެވެ.


ރައީސް އޮފީހުން މަޢުލޫމާތު ދެއްވާ ގޮތުގައި، ފޯމު ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރު 12:00 އަށް އެ އޮފީހުންނެވެ.


އެލް.ޖީ.އޭ އަކީ ރާއްޖޭގެ ކައުންސިލްތަކުގެ މަސައްކަތްތައް ސުޕަވައިޒްކޮށް، ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް އުފައްދާފައިވާ މުހިންމު އިދާރާއެކެވެ. ބޯޑަށް އައްޔަންކުރާ މެންބަރުން ކަނޑައެޅުމުގައި ޤާނޫނުގައި ބަޔާންކޮށްފައިވާ ޝަރުޠުތަކަށް ބައްލަވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow