ގަލޮޅު ސަރަހައްދުގައި ހުރި ގެއެއްގައި ރޯވި އަލިފާން ކޮންޓްރޯލްކޮށްފި

ގަލޮޅު ސަރަހައްދުގައި ހުރި ގެއެއްގައި ރޯވި އަލިފާން ކޮންޓްރޯލްކޮށްފި

2 months ago - 15:17
Advertisement
Advertisement

މާލޭ ގަލޮޅު މޯޗަރީ ކައިރީގައި ހުރި ގެއެއްގައި މިއަދު ހެނދުނު ރޯވި ނުރައްކާތެރި އަލިފާނުގެ ހާދިސާ، ސިފައިން ކުރި މަސައްކަތުން ކޮންޓްރޯލް ކޮށްފިއެވެ.


މި ހާދިސާ ހިނގާފައިވަނީ ގަލޮޅު ހުވަފެނީ ގޯޅީގައި ހުރި ގެއެއްގައެވެ. އެމްއެންޑީއެފްއަށް މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 10:30 ހާއިރުއެވެ. ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ.


މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވި ގެއަކީ ދެ ފަންގިފިލާއަށް ޑެކް އަޅައި، ފިލާ ބޭނުންކޮށްގެން ހަދާފައިވާ ތަނެކެވެ. މި އިމާރާތަކީ އެއްވެސް ބަޔަކު ދިރިއުޅޭ ތަނެއް ނޫން ކަމަށާއި، އެތަން ބޭނުންކުރަމުން ދިޔައީ ބައެއް މުދާ ގުދަން ކުރުމަށް ކަމަށްވެސް މައުލޫމާތު ލިބެއެވެ. އަދި އެ އިމާރާތަކީ ބާވެ ބޭނުންނުކުރެވޭ ވަރުވެފައިވާ ތަނަކަށް ވުމުން، އެތަން ތަޅާލުމަށްޓަކައި ހުސްކުރުމުގެ މަސައްކަތް ކުރަމުންދިޔަ ތަނެއް ކަމަށްވެސް އެނގިފައިވެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެއެވެ. 

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement