ތިނަދޫ ސިޓީ ކައުންސިލުން އެއްބާރުލުމެއް ނުދޭ- އޭސީސީ
ތިނަދޫ ސިޓީ ކައުންސިލްގައި ފުލުހުންވެސް ހަރަކާތްތެރިވަނީ: ފޮޓޯ-ތިނަދޫ ސިޓީ ކައުންސިލް

ތިނަދޫ ސިޓީ ކައުންސިލުން އެއްބާރުލުމެއް ނުދޭ- އޭސީސީ

ތިނަދޫ ސިޓީ ކައުންސިލުން ތުހުމަތު ކުރަނީ އޭސީސީގެ ނަމުގައި ބަޔަކު ވައްކަން ކުރީކަމަށް

3 months ago - 13:31
Jan 27, 2025 - 13:34
Advertisement
Advertisement

ތިނަދޫ ސިޓީ ކައުންސިލާ ގުޅިގެން ހުށަހަޅާފައިވާ މައްސަލަތަކެއްގެ ތަހުގީގަށް, ކައުންސިލުން އެއްބާރުލުން ނުދޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ. އެކޮމިޝަނުން މިއަދު ބަޔާނެއް ނެރެ މިކަން އާއްމުކޮށްފައި މިވަނީ ތިނަދޫ ސިޓީ ކައުންސިލްގެ ގިނަ އަދަދެއްގެ ތަކެތި " އޭސީސީގެ ނަމުގައި " އައި ބަޔަކު ވަގަށް ނަގައިފި ކަމަށް އެކައުންސިލުން ބުނުމުންނެވެ.

އޭސީސީން މިއަދު ނެރުނު ބަޔާނުގައި ބުނީ އެކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލައެއްގެ ތަހުގީގަށް އިއްޔެ ކޮމިޝަންގެ ޓީމެއް ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ. އެއީ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅޭގޮތުން ތަހުގީގަށް ބޭނުންވާ ލިޔެކިޔުން ހޯދުމަށް ކަމަށް އޭސީސީގެ ބަޔާނުގައި ބުނެފައިވެއެވެ.

" ނަމަވެސް މިކަމުގައި ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބިފައިނުވާ ވާހަކަ ހިތާމަޔާއެކު ދަންނަވަމެވެ" އޭސީސީގެ ބަޔާނުގައިވެއެވެ.

އޭސީސީން ބުނީ ކައުންސިލްގެ އެއްބާރުލުން ނުލިބުނަސް ޤާނޫނު އަސާސީއާއި, އެންޓި ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނުގެ ދަށުން, ކޮމިޝަންގެ ޤާނޫނީ އިމުގެ ތެރެއިން އެންމެހައި އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު, ތަހުގީގަށް ބޭނުންވާ ލިޔެކިޔުންތައް ހޯދާފައިވާ ކަމަށެވެ. އޭސީސީން ބުނީ މިކަމާ ގުޅިގެން ތިނަދޫ ސިޓީ ކައުންސިލުން ހާމަކޮށްފައިވާ މައުލޫމާތުތަކަކީ ދޮގެއް ކަމަށެވެ.

Advertisement
Advertisement

" މިކޮމިޝަނާ ގުޅޭގޮތުން ފަތުރަމުންދާ ހަޤީޤަތާ ހިލާފް މައުލޫމާތަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމާއި, އަދި އެކަމާމެދު މިކޮމިޝަނުން އިންތިހާއަށް ކަންބޮޑުވާކަން ފާހަގަކުރަމެވެ." ބަޔާން ނިންމާލަމުން ބުނެފައިވެއެވެ.

ކޮމިޝަނަށް ހުށަހަޅާފައިވަނީ ކޮން މައްސަލަތަކެއް ކަމެއް ބަޔާނުގައި ފާހަގަކޮށްފައެއް ނުވެއެވެ. އޭސީސީގެ ނަމުގައި އައި ބަޔަކު ވައްކަން ކުރީކަމަށް ތުހުމަތުކޮށް ކައުންސިލުން ވަނީ މައްސަލަ ފުލުހުންނަށް ހުށަހަޅާފައެވެ. ނަމަވެސް ފުލުހުން ބުނީ އެފަދަ ކަމެއް ހިނގާފައިވާކަން ފާހަގަކުރެވިފައި ނުވާކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement