ގެސްޓްހައުސް އެޅުމަށް ތިމަރަފުށިން ފަސް ބިމެއް ކުއްޔަށް ދޫކުރަނީ

ގެސްޓްހައުސް އެޅުމަށް ތިމަރަފުށިން ފަސް ބިމެއް ކުއްޔަށް ދޫކުރަނީ

5 hours ago - 12:22
Advertisement
Advertisement

ތ. ތިމަރަފުށީގައި ގެސްޓްހައުސް ވިޔަފާރި ތަރައްގީކޮށް ކުރިއެރުވުމުގެ ބޭނުމުގައި، އެ ރަށުން ފަސް ބިމެއް ދިގު މުއްދަތަށް ކުއްޔަށް ދޫކުރުމަށް އެ ރަށު ކައުންސިލުން ފުރުސަތު ހުޅުވާލައިފިއެވެ.


ތިމަރަފުށީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ފުރުސަތު ހުޅުވާލާފައިވަނީ އެ ރަށުގެ ލޭންޑް ޔޫސް ޕްލޭންގައި ގެސްޓްހައުސް އެޅުމަށް ކަނޑައަޅާފައިވާ ބިންތަކުގެ ތެރެއިން ފަސް ބިމެއް ކުއްޔަށް ހިފަން ޝައުގުވެރިވާ ފަރާތްތަކަށެވެ.


މި ބީލަމުގައި ބައިވެރިވުމަށްޓަކައި ބިޑް ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި 1،500 ރުފިޔާ ދައްކަންޖެހެއެވެ. އަދި ޕްރޮޕޯސަލް ހުށަހަޅަންވާނީ އެ އިދާރާއިން އާންމުކޮށްފައިވާ "ކޮޅުމަޑުލު ތިމަރަފުށިން ގެސްޓްހައުސް ބިނާކުރުމަށް 22 ބިން ދޫކުރުމާ ބެހޭ އުސޫލު 2024" ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވެސް ކައުންސިލުން މައުލޫމާތު ދެއެވެ.


ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ. ރަޖިސްޓްރީ ކުރުން ކުރިއަށްދާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 14:00 އަށް ތިމަރަފުށީ ކައުންސިލްގެ އިދާރާއިންނެވެ. އަދި ރަޖިސްޓްރީވުމަށް އެދޭ ފޯމުވެސް އެ އިދާރާއިން ލިބެން ހުންނާނެއެވެ.


މި މަޝްރޫއާ ގުޅޭގޮތުން ބާއްވާ ޕްރީބިޑް ބައްދަލުވުން އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުގެ ހެނދުނު 11:00 ގައި ތިމަރަފުށީ ކައުންސިލްގެ މީޓިން ރޫމްގައެވެ. މި ބައްދަލުވުމުގައި ބީލަމާ ގުޅޭ މުހިންމު މައުލޫމާތުތައް ހިއްސާކުރުމާއި، ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ. މީގެއިތުރުން، މައުލޫމާތު ދިނުމުގެ ސެޝަނަށް ފަހު، ކުއްޔަށް ދިނުމަށް ކަނޑައެޅިފައިވާ ބިންތައް ހިމެނޭ ސަރަހައްދު ބީލަންވެރިންނަށް ދައްކާލުމުގެ ހަރަކާތެއްވެސް ކުރިއަށްދާނެ ކަމަށް އިއުލާނުގައި ފާހަގަކޮށްފައިވެއެވެ.


ތިމަރަފުށީ ކައުންސިލުން އަންގާފައިވާ ގޮތުގައި، މި ބީލަމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ ނޮވެމްބަރު މަހުގެ 8 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:59 އެވެ. ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް ޕްރޮޕޯސަލެއް ބަލައިނުގަންނާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement