ލޯންޗް އެކްސިޑެންޓެއްގައި މީހަކު މަރުވި މައްސަލައިގައި ދެ ލޯންޗްގެ ކެޕްޓަނުންނަށް ދައުވާކޮށްދޭން އެދިއްޖެ
އެކްސިޑެންޓްވި ލޯންޗް ދުއްވި ދެ ކެޕްޓަނުން: ފޮޓޯ-ދިވެހި ފުލުހުންގެ ޚިދުމަތް

ލޯންޗް އެކްސިޑެންޓެއްގައި މީހަކު މަރުވި މައްސަލައިގައި ދެ ލޯންޗްގެ ކެޕްޓަނުންނަށް ދައުވާކޮށްދޭން އެދިއްޖެ

މިއީ 2023 ވަނަ އަހަރު ހިނގި އެކްސިޑެންޓެއް

3 months ago - 11:47
Jan 27, 2025 - 11:47
Advertisement
Advertisement

ދެ ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވި މައްސަލައިގައި ދެ ލޯންޗްގެ ކެޕްޓަނުންނަށް ދައުވާކޮށްދޭން ފުލުހުން އެދިއްޖެއެވެ.

2023 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު ހިނގި ލޯންޗް އެކްސިޑެންޓްގައި މީހަކު މަރުވި މައްސަލައިގައި ދައުވާކޮށްދޭން ފުލުހުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި އެދުނީ ކ. ކާށިދޫ / ހީނާވިލާ، ޔާނިސް ޙަމީދު (35އ) އާއި ހދ.ނޮޅިވަރަން/ ގްރީންހައުސް، މުޙައްމަދު ޖަމީލް (43އ) ގެ މައްޗަށެވެ. އެ ދެމީހުންނަކީ އެދުވަހު އެކްސިޑެންޓް ހިނގި ވަގުތު އެ ދެ ލޯންޗު ދުއްވަން ތިބި މީހުންނެވެ.

އެކްސިޑެންޓްވީ “ސަސް އީ ސްޕީޑް” ލާންޗާއި “އެމްޑަބްލިޔުއެސްސީ މެރިން 2” ލާންޗް ޖެހިއެވެ. އެހާދިސާގައި މަރުވީ އެތަނުން އެއް ލޯންޗުން ދަތުރުކުރި 52 އަހަރުގެ ފިރިހެނެކެވެ. އޭނާ މަރުވީ އެކްސިޑެންޓްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށް އޭޑީކޭ ހޮސްޕިޓަލްގައެވެ.

މިމައްސަލައިގެ ތަހުގީގު ނިންމައި އެދެމީހުންގެ މައްޗަށް ޖިނާއީ ދައުވާކޮށްދިނުމަށްއެދި ފުލުހުން ޕީޖީ އޮފީހަށް އެންމެ ފުރަތަމަ ފޮނުވީ 2023 ވަނަ އަހަރުގެ ޖޫން މަހުގެ 4 ވަނަ ދުވަހުއެވެ. ނަމަވެސް މައްސަލަ އިސްލާހުކުރުމަށް އަނބުރާ ފޮނުވުމަށްފަހު ދެވަނަ ފަހަރަށް މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިމަހުގެ 15 ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement