
ރަޝިއާއަށް އައި ބާރުގަދަ ބިންހެލުމަކާއެކު ޖަޕާން ހިމެނޭހެން ބައެއް ސަރަހައްދުތަކަަށް ސުނާމީ އަރަންފަށައިފި
ސުނާމީގެ އިންޒާރު ވަނީ ޓައިވާން, ފިލިޕީންސް, ހަވާއީ އަދި އެލަސްކާއަށްވެސް ނެރެފައި
ރަޝިއާގެ އިރުމަތީ ކަމްޗަތުކާ ޕެނިންސިއުލާއަށް 8.8 މެގްނިޓިއުޓްގެ ބާރުމުނުގައި އައި ބިންހެލުމަކާއެކު ރަޝިއާ އަދި ޖަޕާނުގެ ބައެއް ސަރަހައްދުތަކަށް ސުނާމީ އަރަންފަށައިފިއެވެ. މި ބިންހެލުން އައިސްފައިވަނީ އިރުމަތީ އައްސޭރިފަށުގެ ޕެޓްރޯޕަވްލޮސްކީގެ 134 ކިލޯމީޓަރު ދުރުން 12 މޭލު އަޑިއަށް ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސަރވޭއިންނވަނީ ބުނެފައެވެ.
މިހާތަނަށް ރެކޯޑުކުރެވުނު އެންމެ ބޮޑު އެއް ބިންހެލުމުގެ ގޮތުގައި ރެކޯޑްކުރެވިފައިވާ މި ބިންހެލުން ރަޝިއާ އަދި ޖަޕާނުގެ ބައެއް ސަރަހައްދުތަކަށް 4 މީޓަރު (13 ފޫޓު) އުސް ރާޅުތަކެއް އުފެދެމުންދާކަމަށް ވަނީ ބުނެފައެވެ. އަދި ބައެއް ސަހަރައްދުތަކަށް ދަނީ ކުދިކުދ ސުނާމީތަކެއް މިހާރުވެސް އަރަމުންނެވެ.
މިހާތަނަށް ޖަޕާނުގެ އުތުރުގައި އޮންނަ އިޝަނޮމާކީ ބަނދަރު ސަރަހައްދަށް 50 ސެންޓީމީޓަރު (1.6 ފޫޓު)ގެ ރާޅުތައް އަރާފައިވާކަމަށް ޖަޕާނުގެ މީޓިއޮރިލޮޖިކަލް އެޖެންސީންވަނީ ބުނެފައެވެ.
އިރުރު ބައެއް ސަރައްދުތަކެއްގެ ގޮތުގައި ހަވާއީ, އުތުރު އަދި މެދުތެރޭ އެމެރިކާގެ ރަށްރަށާށާއި, ޕެސިފިކް އައިލެންޑްސް އާއި ދެކުނު ނިއުޒިލެންޑުގެ ބައެއް ސަރަހައްދުތަކުގެ އިތުރުން ފިލިޕީންސް އަދި އެލަސްކާއަށްވެސް ސުނާމީގެ އިންޒާރުވަނީ ދީފައެވެ.
ބިންހެލުމާއި އެކު ރަޝިއާއިން ގިނަ ބަޔަކު ޒަހަމްވެފައިވާއިރު ސުނާމީ އަރާފާނެކަމަށް ބެލޭވޭ ސަރަހައްދުތަކުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. ރަޝިއާގެ އިރުމަތީ ސަރަހައްދަކަށް ރާޅުތައްއަރާ ބަނދަރުމަތީ ސަރަހައްދެއް މިހާރު އޮތީ ފެނުއަޑީގައިކަމަށް ރަޝިއާއިން ވަނީ މައުލޫމަތު ދީފައެވެ.
ރިއެކްޝަންސް






