
މުޒާހަރާގެ 19 ބައިވެރިއަކު މަރާލިފަހުން ނޭޕާލްއިން މީސްމީޑިއާ ބަންދުކުރުން އުވާލައިފި
ނޭޕާލް ސަރުކާރުން މީސްމީޑިއާގެ ބައެއް ޕްލެޓްފޯމްތައް އެގައުމުގައި ބަންދުކުރުމާ ގުޅިގެން އެޤައުމުގެ 'ޖެން ޒީ' އިން އިސްވެ ސަރުކާރުގެ ކަރަޕްޝަން އާއި މީސްމީޑިއާ ބޭންއާ ދެކޮޅަށް ކުރި މުޒާހަރާ ތަކުގައި 19 މީހަކު މަރާލިފަހުން މީސްމީޑިއާ ބޭން އުވާލަައިފިއެވެ.
ނޭޕާލުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ މިނިސްޓަރ ޕްރިތްވީ ސުއްބާ ގްރުންގް ސަރުކާރުގެ ނިންމުން އަނބުރާ ގެންގޮސްފައިވާކަމަށް ވިދާޅުވެފައި ކަމުގައި ކަތްމަންޑޫ ޕޯސްޓްގައި ވަނީ ބުނެފައެވެ.
"ސަރުކާރުން މީސްމީޑިއާ ބަންދުކުރަން ނިންމި ނިންމު އަނބުރާ ގެނެސްފިން" ގްރުންގް ރޮއިޓާސްއަށް މިއަދު ބުނެފައި ވެއެވެ.
ނޭޕާލްގެ ސަރުކާރުން މީސްމީޑިއާގެ ބައެއް މަންސަތައް މަނާކޮށްފައި ވަނީ ފާއިތުވި ހަފްތާގެ ތެރޭގައެވެ. އެއާއެކު އިއްޔެ އިން ފެށިގެން އެޤައުމުގެ ޒުވާނުން ވަނީ ސަރުކާރާ ދެކޮޅަށް މަގުތަކަށް ނިކުމެ މުޒާހަރާކުރަން ފަށާފައެވެ. މުޒާހަރާ ތަކުގައި ސަރުކާރުގެ ސަލާމަތީ ބާރުތަކުން ބައިވެރިންނާ ކުރިމަތިލާ ހިނގި ހަމަނުޖެހުންތަކުގައި 100 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށްވެސް ރިޕޯޓްތައް ވަނީ ބުނެފައެވެ.
ނޭޕާލްގެ ސަރުކާރުން ޖުމްލަ 26 މީސްމީޑިއާ މަންސަ އެއް ބްލޮކްކުރިއެވެ. އޭގެތެރޭގައި ވަޓްސްއެފް, ފޭސްބުކް, އިންސްޓްގްރާމް, ލިންކްޑްއިން އަދި ޔޫޓިއުބް ވެސް ހިމެނެއެވެ.
ރިއެކްޝަންސް






