ހުޅުމާލެ ފޭސް ދޭއްގައި އިތުރު މިސްކިތެއް އިމާރާތް ކުރުމަށް ބިމެއް ހަވާލުކޮށްފި
ބިންހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން / ފޮޓޯ: މިނިސްޓްރީ

ހުޅުމާލެ ފޭސް ދޭއްގައި އިތުރު މިސްކިތެއް އިމާރާތް ކުރުމަށް ބިމެއް ހަވާލުކޮށްފި

3 days ago - 16:10
Apr 16, 2025 - 16:18
Advertisement
Advertisement

ހުޅުމާލެ ފޭސް ދޭއްގައި އިތުރު މިސްކިތެއް އިމާރާތް ކުރުމުގެ މަސައްކަތް  ކުރުމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިސްލާމިކް މިނިސްޓްރީއަށް ބިމެއް ހަވާލުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިސްކިތް އިމާރާތްކުރަން ހަމަޖެހިފައި ވަނީ ހެޔޮއެދޭ އަމިއްލަ ފަރާތަކުން ޚަރަދުކުރާ ގޮތަށްކަމަށާއި، މިސްކިތް އިމާރާތްކުރުމަށް ކޮންޓްރެކްޓަރުންވެސް ހަމަޖައްސަވާނީ އެފަރާތުން ކަމަށެވެ.

މިސްކިތް އިމާރާތްކުރާނީ ހުޅުމާލެ ފޭސް 2 ލޮޓު 22386 ގައި 18,720.79 އަކަފޫޓުގެ ބިމެއްގައެވެ. މިއީ 2,500-3,000 މީހުންގެ ޖާގައިގެ މިސްކިތެއްކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ބިން ހަވާލުކުރާ ތާރީޚުން ފެށިގެން 24 މަސް ތެރޭގައި މިސްކިތް އިމާރާތްކޮށް ނިންމަންޖެހޭ ކަމަށާއި، އަދި މިސްކިތް ނިމޭއިރު ސޯލާއާއި އޭސީ ވެސް ހަރުކުރެވިފައި ހުންނާނެކަމަށެވެ.

Advertisement
Advertisement

މިއަދު އޮތް ރަސްމިއްޔާތެއްގައި ބިންހަވާލުކުރުމުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. އަދި އެޗް.ޑީ.ސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މައުރޫފް ޖަމީލްއެވެ.

ދާދިފަހުން ވެސް ހުޅުމާލޭގައި ވަނީ 'މަސްޖިދު އުންމުލްމުއުމިނީން ޢާއިޝާ ރަޟިޔަالله ޢަންހާ' ގެ ނަމުގައި މިސްކިތެއް އެޅުމުގެ މަސައްކަތް ފަށާފައެވެ. މ.ޠައިބާ ފަޟީލަތުއްޝައިޚު އިސްމާއީލް މުޙައްމަދުގެ ދީލަތި އެހީގައި ބިނާކުރެވޭ އެ މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު އެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement