ރިޔާސީ ދައުރެއްގައި މަސްވެރި ސިނާޢަތަށް އެންމެބޮޑު ޚިދުމަތެއް ކޮށްދެއްވާނެ ރައީސްއަކީ ޑރ.މުއިއްޒު- މިނިސްޓަރ ޝިޔާމް
ރިޔާސީ ދައުރެއްގައި މަސްވެރި ސިނާޢަތަށް އެންމެބޮޑު ޚިދުމަތެއް ކޮށްދެއްވާނެ ރައީސްއަކީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް މަސްވެރިކަމާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު ކެޔޮޅުންނާ ބައްދަލުކުރައްވާ, ކެޔޮޅުންގެ ކަންބޮޑުވުންތަކުގެ އަޑު އެއްސެވުމުން އެކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ސިނާޢަތުގެ މަސްލަހަތުވެރިންނާ ގާތުން މަސައްކަތްޕުޅު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބަދުވެސް ވަރަށް ބޮޑު ސަމާލުކަމެއްދެއްވާ ކަމަށެވެ
ރައީސުލް ޖުމްޙޫރިއްޔާ ޑރ. މުއިއްޒު އަކީ ދިވެހި ތާރީޚުގައި މަސްވެރި ސިނާޢަތަށް ރިޔާސީ ދައުރެއްގައި އެންމެބޮޑު ޚިދުމަތެއް ކޮށްދެއްވާނެ ރައީސްކަން ޔަޤީން ވަނީ ޒަޢާމަތުގެ ފުރަތަމަ އަހަރު އެކަނި ސިނާޢަތުގެ ތަރައްޤީއަށް ކުރައްވަން ފެއްޓެވި މުހިއްމު ގިނަ މަސައްކަތްޕުޅުތަކުން ކަމަށް ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ މަސްވެރިންގެ ކަންބޮޑުވުންތައް ހައްލު ކުރެއްވުމަކީ ރައީސް އެންމެ އިސްކަމެއް ދެއްވާ ކަންތައް ކަމަށެވެ.
"ސިނާޢަތުގެ މަސްލަހަތުވެރިންނާ ގާތުން މަސައްކަތްޕުޅު ކުރެއްވުމަށް (ރައީސުލްޖުމްހޫރިއްޔާ) އަބަދުވެސް ވަރަށް ބޮޑު ސަމާލުކަމެއްދެއްވާ' ވަޒީރު ވިދާޅުވިއެވެ.
ކެޔޮޅުންނާ ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ މަސްވެރިންނާ އަދި ކެއުޅުންނާ ގާތުން، އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ޙައްލު ލިބޭނެގޮތަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ. މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ހަލާސް ކުރުމުގެ އަމާޒަށް ވާސިލްވެ, އެގޮތުގައި ދެމެހެއްޓުމަކީ ސަރުކާރުގެ އެންމެ ބޮޑު އަމާޒެވެ. މީގެއިތުރުން ހެޔޮ އަގުގައި ފަސޭހައިން އައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި, އެސްޓޯއީއިން ވިއްކާ ރޭތްގައި މަސްވެރިންނަށް ތެޔޮ ލިބޭން އިންތިޒާމް ހަމަޖެއްސުމަކީވެސް ސަރުކާރުން މަސްވެރި ސިނާއަތަށް ގެންނަ ހެޔޮ ބަދަލުތަކެވެ. ސަރުކާރުން މިހާރު ވަނީ މަސްވެރިންގެ ދަފްތަރު ވެސް އިފްތިތާހުކޮށްފައެވެ.
އަންނަ ހަފްތާގެ އަންގާރަ ދުވަހަކީ މިއަހަރުގެ މަސްވެރިންގެ ދުވަހެވެ.
ރިއެކްޝަންސް