ފުލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމުގައި ސިޓީ ކައުންސިލުން އެހީތެރިވަނީ
ފުލެޓް ލިސްޓަށް ސަކުވާ ހުށަހެޅުމުގައި މާލެސިޓީ ކައުންސިލުން މިހާރު އެހީތެރިކަން ލިބޭނެ / ފޮޓޯ:މިނިސްޓްރީ

ފުލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމުގައި ސިޓީ ކައުންސިލުން އެހީތެރިވަނީ

2 days ago - 17:12
Mar 31, 2025 - 17:21
Advertisement
Advertisement

ފުލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމުގައި އާންމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލުން ނިންމަވައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ވިދާޅުވީ މިއަދުން ފެށިގެން މިފެށޭ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ޝަކުވާ ހުށަހެޅުމުގައި ކައުންސިލުން އެހީތެރިކަން ފޯރުކޮށް ދެއްވާނެކަމަށެވެ.

ސިޓީ ކައުންސިލުން ވިދާޅުވީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގައި އެހީވުމުގެ ގޮތުން، އާންމު ހިދުމަތްތަކާ ބެހޭ ބައި މިއަދުން ފެށިގެން އޭޕްރީލް 5 އާ ހަމައަށް ހުޅުވާނެ ކަމަށާއި، އަދި ހެނދުނު 10:00 އިން މެންދުރު 2:30 އަށް އަދި ރޭގަނޑު 9:30 އިން 11:00 ހިދުމަތް ދޭނެކަމަށެވެ.

ރޯދަމަހުގެ ބަންދު ނިމުމަށް ފަހު އަންނަ މަހުގެ 6 އިން ފެށިގެން 15 ވަނަ ދުވަހާ ހަމައަށް އެ ހިދުމަތްދޭނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށް ކަމަށާއި، އަދި އެ މުއްދަތުގައި ރޭގަނޑު ހިދުމަތް ދޭނީ 9:00 އިން 11:00 އަށް ކަމަށްވެސް ކައުންސިލުން ވިދާޅުވިއެވެ.

Advertisement
Advertisement

މިނިސްޓްރީން އާއްމުކުރި ލިސްޓުގައި ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައިވަނީ 1،820 މީހުންނަށެވެ. މި ލިސްޓާއި މެދު އާއްމުންގެ ފަރާތުން ގެންދަނީ ވަރަށް ބޮޑު ކަންބޮޑުވުންތަކެއް ފާޅުކުރަމުންނެވެ. މިހާތަނަށް ފްލެޓް ލިސްޓަށް 2،843 ޝަކުވާ ހުށަހަޅާފައިވާކަމަށް ގެދޮރުވެރިކަމާއި ބެހޭ މިނިސްޓްރީން ވިދާޅުވިއެވެ. 

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement