ރަސްދޫ އަލިފާނުގެ ހާދިސާގައި ފިހުނު އަންހެން މީހާ ނިޔާވެއްޖެ
އައިޖީއެމްއެޗް ހޮސްޕިޓަލް / ފޮޓޯ:އައިޖީއެމްއެޗް

ރަސްދޫ އަލިފާނުގެ ހާދިސާގައި ފިހުނު އަންހެން މީހާ ނިޔާވެއްޖެ

12 months ago - 20:52
Mar 31, 2025 - 21:02
Advertisement
Advertisement

އއ. ރަސްދޫގައި މިދިޔަ ހަފުތާގައި ހިނގި އަލިފާނުގެ ހާދިސާގައި ބޮޑަށް ފިހުނު އަންހެން މީހާ، އައިޝަތު ރިފްގާ، މިރޭގެ އިރާކޮޅު ވަގުތެއްގައި ނިޔާވެއްޖެއެވެ.

ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި 31  އަހަރުގެ ރިފްގާގެ ހަށިގަނޑުގެ 83 ޕަސެންޓް ވަނީ ފިހިފައެވެ. އޭނާގެ ހާލަތަށް އެއްވެސް ކުރިއެރުމެއް އައިކަން އެނގިފައެއް ނުވެއެވެ. އއ. އަތޮޅު އޮފީހުގައި މަސައްކަތްކުރަމުންދިޔަ ރިފްގާއަށް ފަރުވާދެމުން އައީ އައިސީޔޫގައި ވެންޓިލޭޓަރުގައި ބާއްވައިގެންނެވެ.

މި ހާދިސާގައި ފިހުނު އަލީ ސާމިންގެ ހަށިގަނޑުގެ 78 ޕަސެންޓް ވަނީ ފިހިފައެވެ. އޭނާއަށްވެސް ފަރުވާދެމުން އަންނަނީ އައިސީޔޫގައެވެ. މި ދެ މީހުންނަށް ފަރުވާދިނުމަށް މިދިޔަ ހުކުރު ދުވަހު ވަނީ ރާއްޖެއިން ބޭރުން "ބާން ސްޕެޝަލިސްޓު" ޑޮކްޓަރެއް ގެނެސްފައެވެ.

ފުލުހުން ވިދާޅުވީ އެ ދެ މީހުން ފިހުނު ހާދިސާ އެ އިދާރާއިން ތަހުގީގު ކުރަމުން އަންނަކަމަށެވެ. ނަމަވެސް އެ ހާދިސާއާ ގުޅޭ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން އެ ދެ މީހުންގެ ގައިގައި ރޯވެ ފިހުނަސް އެ މީހުން ތިބި ކޮޓަރީގައި މާބޮޑަށް އަލިފާނެއް ނުހިފަ އެވެ. ރޯވެފައި ވަނީ ކޮޓަރީގެ ދޮރު ފޮތިގަނޑެއްގައި އެކަންޏެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement