އިދިކޮޅުން ދައްކާ ވާހަކަތަކަށް ރައްޔިތުންގެ ޖަވާބު ސަޅިތަ!
ޢީދު ހަވީރުގައި ބައިވެރިވި ކުޑަކުދިންތަކަކާއެކު ރައީސް މުއިއްޒު: ފޮޓޯ-ރައީސް އޮފީސް

އިދިކޮޅުން ދައްކާ ވާހަކަތަކަށް ރައްޔިތުންގެ ޖަވާބު ސަޅިތަ!

ޤައުމީ ލޯބި މިޤައުމަށް އަނބުރާގެނެސް ދެވޭނެ ވެރިޔަކީ ރަޢީސް މުޢިއްޒު

1 day ago - 08:16
Apr 1, 2025 - 08:43

ދެ ޢީދު ކުލަގަދަކޮށް ފާހަގަކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުގެ ވައުދެކެވެ. ފައްޓަވައިފިއެވެ. މިދިޔަ އަހަރުގެ ބޮޑު އީދުގައި އަތޮޅުވެރިކަން ކުރާ ރަށްތަކާއި, ސިޓީތައް ދިއްލާލި އެވެ. މިކުޑައީދުގައި ރަށްތައް އިތުރުކޮށް އަލި ގަދަކޮށްލައިފިއެވެ. ޢީދުގެ އުފަލުން އެންމެ ބޮޑަށް މަހުރޫމްވާ މާލޭގެ ރައްޔިތުންނާއި, މާލޭގައި ދިރިއުޅޭ ރައްޔިތުން ހެއްވާލައިފިއެވެ. މިއިން ޒަމާނެއްގައި ފާހަގަ ނުކުރާ މިންވަރަށް ގެންދަވަނީ އީދު ފާހަގަކުރައްވަމުންނެވެ. މާލެ އާއި ހުޅުމާލޭގައެވެ.

ބޮކިތައް ދިއްލާލާ އާއިލާތައް އެއްތަންކޮށް އީދުގެ އުފާވެރިކަން ހޯދައިދޭން މަސައްކަތް ފެއްޓެވުމުން އިދިކޮޅުން އަމާޒުކުރީ ފާޑުކިއުންތަކެވެ. ރައްޔިތުން އަނިދިރީގައި ބައިތިއްބައިގެން އިސްރާފް ކުރަނީ ކަމަށް ބުނެއެވެ. ކޮރަޕްޝަންގެ އަމަލެއް ހިންގަނީ ކަމަށްވެސް ތުހުމަތުތައް ކުރިއެވެ. ނަމަވެސް އެވާހަކަތަކަށް ޖަވާބެއް ދެއްވުމުގެ ބަދަލުގައި ސަރުކާރުގެ އަމާޒު ހުރީ ޢީދު ކުލަގަދަކޮށް ފާހަގަކުރުމަށެވެ. ސަރުކާރުން ދުށީ އެއީ ރައްޔިތުން ބޭނުންވާ މުހިއްމު ކަމެއް ކަމަށެވެ. އެކަން ބޭކާރު ވެގެން ނުދާނެ ކަމަށެވެ.

ފިޠުރު ޢީދު ދުވަހު ފެނިގެން ދިޔައީ ހަގީގަތުގައިވެސް ޢީދު ކުލަގަދަކޮށް ފާހަގަކުރަން ރައްޔިތުން ބޭނުންވާކަމުގެ ސާފް ޖަވާބެވެ. ސަލްޓަން ޕާކާއި, އިސްލާމީ މަރުކަޒު ހިމެނޭ ސަރަހައްދާއި ޖުމްހޫރީ މައިދާނާއި, ރަސްމީ ފާލަން ހިމެނޭ ސަރަހައްދު ފުރި ބާރުވީއެވެ. އާއިލާތައް އެސަރަހައްދަށް އެއްތަންވެ އީދުގެ އުފާފާޅުކުރަނީއެވެ. ސިފައިންނާއި ފުލުހުން އިސްވެ ކުންފުނިތަކާއެކު ރައްޔިތުންނަށް ފާހަގަކޮށްދެނީ މާބޮޑަށްވެސް ކުލަގަދަ ޢީދެކެވެ. ރައީސްގެ ވައުދާ އެއްގޮތަށް ރައްޔިތުންގެ މޫނުމައްޗަށް ގެނެސްދިނީ ބޮޑު ހިނިތުންވުމެކެވެ. ކުޑަކުދިން އުފަލުން ކޮޅުކޮޅު މައްޗަށް ދުވެ, ތަފާތު ކުޅިވަރުތަކުގައި އުޅޭ މަންޒަރުން ބެލެނިވެރިންނަށް ލިބޭ އުފަލާއި ހިތްހަމަ ޖެހުން ބޮޑެވެ.

Advertisement

ސުރުޚީގައި އެވަނީ އެއުފާވެރި މަންޒަރުތަކާއެކު ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ކުރެއްވި ސުވާލެވެ. ރައްޔިތުންގެ މަޖިލިހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހު ވިދާޅުވީ ޢިއްޒައިތްތެރި ރަޢީސްގެ ދެކަނބަލުންގެ ޢީދު ސަލާމާއި ޢީދު ހަވީރުން ވަރައްގިނަ ވާހަކަ ބުނެދީފި ކަމަށެވެ. ދިވެހި ރައްޔިތުންގެ ރަޢީސް އަކީ ރަޢީސް މުޢިއްޒު ކަމަށް އޭނާ ވިދާޅުވިއެވެ.

" ދިވެހި ޤަޢުމުގެ ވީރާނާވެ ގެއްލިފައިވާ ޢިޖުތިމާޢީ އެއްބައިވަންތަކަމާއި ޤައުމީ ލޯބި މިޤައުމަށް އަނބުރާގެނެސް ދެވޭނެ ވެރިޔަކީ ރަޢީސް މުޢިއްޒު ކަންކަށަވަރުވެއްޖެ. އިދިކޮޅުން ދައްކާވާހަކަތަކަށް ރައްޔިތުން ސަޅި ޖަވާބެއްދީފި. ރަޢީސް މުޢިއްޒު އަކީ މި ޤަޢުމު ދެކޭނެ މި ޤަޢުމަށް އެއްމެ އަމާނާތްތެރި އެއްމެ އޯގާތެރި ރަޢީސްކަން ޔަޤީން." ފަލާހު ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

ފަލާހުގެ އެވާހަކަތަކަށް ބާރު ލިބެނީ ޢީދު ފުރަތަމަ ދުވަހާއި ދެވަނަ ދުވަހުވެސް އާއިލާތައް އެކުގައި ނިކުމެ ޢީދު ހަވީރުގައި ބައިވެރިވި މިންވަރުންނެވެ. ރައްޔިތުންގެ މޫނުމައްޗަށް ގެނެސްދެއްވި އުފާވެރި ކަމާއި, އާއިލާތައް އެއްތަންކުރުވި އުފާވެރި މާހައުލާއި, ރައްޔިތުންގެ 'ކޮމެންޓް' ތަކަށް ބަލާއިރު ޢީދު ކުލަގަދަކޮށް ފާހަގަކުރަން ޖެހެއެވެ. ރައްޔިތުން ދިން ޖަވާބަކީ އެއީއެވެ. ޢީދު ކުލަގަދަކޮށް ފާހަގަކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުން ހަގީގަތުގައިވެސް ބަރާބަރެވެ. މުޅި ރާއްޖޭގައި ކުލަގަދަކޮށް ޢީދު ފާހަގަކުރަން ޖެހެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow