ޑްރޯން މެދުވެރިކޮށް ބޭސް ފޯރުކޮށްދިނުމަށް ޒަމާނީ ދެ ޑްރޯން ގެނެސްފި

ޑްރޯން މެދުވެރިކޮށް ބޭސް ފޯރުކޮށްދިނުމަށް ޒަމާނީ ދެ ޑްރޯން ގެނެސްފި

3 hours ago - 21:15
Advertisement
Advertisement

ރާއްޖޭގެ އެކި ރަށްރަށަށް ޑްރޯންގެ އެހީގައި ބޭސް ފޯރުކޮށްދިނުމުގެ ޚިދުމަތް ފެށުމަށްޓަކައި އެންމެ ޒަމާނީ ފެންވަރުގެ ދެ ޑްރޯން ރާއްޖެ ގެނެސްފިއެވެ.
މިކަމާ ގުޅޭގޮތުން ސްޓޭޓް ފާމާއިން މިއަދު ހާމަކުރި ގޮތުގައި، މިނިސްޓްރީ އޮފް ހެލްތުން މި ދެ ޑްރޯން ގެނައުމަށްފަހު މިހާރު ވަނީ އެ ކުންފުންޏާ ހަވާލުކޮށްފައެވެ.


ސްޓޭޓް ފާމާގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހް މާހިރު ވިދާޅުވީ، މިއީ ބެޓެރިން އޮޕަރޭޓްކުރާ، ޓެކްނޮލޮޖީގެ ގޮތުން ވަރަށް ފުރިހަމަ ޑްރޯންތަކެއް ކަމަށެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައްޔާއި އިމަޖެންސީގައި ރަށްރަށަށް ބޭހާއި އިންޖެކްޝަން ފަދަ މުހިންމު ތަކެތި ފޮނުވުމަށް މިހާރު ބޮޑު ހޭދައެއް ކުރަންޖެހޭއިރު، ޑްރޯން ބޭނުންކުރަން ފެށުމުން އެ ޚަރަދު ވަރަށް ބޮޑަށް ކުޑަކުރެވިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.


ޑްރޯންތަކުގެ މަސައްކަތް ހިނގާނެ ގޮތް ތަފްސީލުކޮށްދެއްވަމުން ޑރ. ޝާހް ވިދާޅުވީ، "މިއީ ވަރަށް އޮޓޮމޭޓެޑް އެއްޗެހިތަކެއް. މިއީ ޖިއޯލޮކޭޝަންގައި އެ ބުނާ ތަނަކަށް ޖައްސައިދޭ ނުވަތަ ލޭންޑްކުރުމުގެ ޕްރަގްރާމް މިއަށް ދިނީމަ ވަރަށް ޕްރިޒިޝަން ރަނގަޅު އެއްޗެހިތަކެއް،" ކަމަށެވެ.


މި ޚިދުމަތް އަމަލީ ގޮތުން ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުން އަންނައިރު، އަންނަ އަހަރުގެ ކުރީކޮޅު ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި މި މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ. ޑރ. ޝާހް އިތުރަށް ވިދާޅުވީ، މި މަޝްރޫޢު ފެށުމުގެ ކުރިން އެމްއެންޑީއެފާއި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އިތުރުން ކަމާގުޅުންހުރި އެހެނިހެން އިދާރާތަކާއެކު ގިނަ މަޝްވަރާތަކެއް ކުރެވި، ބައްދަލުވުންތައް ބޭއްވިފައިވާ ކަމަށެވެ.


މި ޒަމާނީ ޚިދުމަތާއެކު، ރާއްޖޭގެ އެކަހެރި ރަށްރަށަށް އަވަސް ފަރުވާއަށް ބޭނުންވާ ޒަރޫރީ ބޭސްތައް ކަނޑުމަގުން ނުވަތަ ވައިގެ މަގުން ލަސްތަކެއްނުވެ، ވަރަށް އަވަހަށް ފޯރުކޮށްދެވޭނެ މަގު ތަނަވަސްވެގެންދާނެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement