
ގެއްލުނު ކޮލަމާ ބޯޓް ފެނުނު ނަމަވެސް, ކެޕްޓަން ނިޔާވެއްޖެ
ގެއްލިގެން ހޯދަމުންދާ ކޮލަމާ ބޯޓް ފެނިފައިވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ. މީޑިއާތަަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ފުރަތަމަ ބޯޓްގެ ކެޕްޓަން މިހާރު ވިލިނގިލީ ހޮސްޕިޓަލްއަށް ގެންދިއުމަށް ދަތުރުކުރަމުންދާ ކަމުގައެވެ. އެކަމަކު އޭގެފަހުން ބުނީ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ކެޕްޓަން ނިޔާވެފައިވާ ކަމަށެވެ. ނިޔާވީ ގއ.ކޮލަމާފުށި ދޮންވެލި އާދަމް ސައީދު (66އ) އެވެ.
ފުލުހުން މައުލޫމާތު ދިންގޮތުގައި ކޮލަމާ ބޯޓް ގެއްލުނު ކަމުގެ ރިޕޯޓް އެ އިދާރާއަށް ލިބުނީ މިއަދު މެންދުރުފަހު 13:25 ހާއިރު ކަމުގައެވެ. އަދި ބޯޓް ފެނިފައިވަނީ އެކެފަރު ސަރަހައްދުން ކަމަށާއި, ފުލުހުން އެސަރަހައްދުގައ ހަރަކާތްތެރި ވަމުންދާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ރިއެކްޝަންސް






