ކުރިން ދުވަނީ ޑްރަގް ބޭނުންކުރާ މީހުން ފަހާ, މިހާރު މިދަނީ ވިއްކާ މީހުން ފަހަތުން- އިހުސާން
ރައީސް މުއިއްޒު, މިނިސްޓަރ އިހުސާން އަދި ސީޕީ ނަވީން

ކުރިން ދުވަނީ ޑްރަގް ބޭނުންކުރާ މީހުން ފަހާ, މިހާރު މިދަނީ ވިއްކާ މީހުން ފަހަތުން- އިހުސާން

20 days ago - 19:17
Sep 23, 2025 - 19:17
Advertisement
Advertisement

ކުރީގެ ސަރުކާރުތަކުން ދުވީ މަސްތުވާތަކެތި ބޭނުންކުރާ މީހުން ފަހަތުން ކަމަށާއި, ނަމަވެސް  މިހާރު މިދަނީ ވިއްކާ އެތަކެތި މީހުން ފަހަތުން ކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ތ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ބުރުނީގައި ވަޒީރު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން މިސަރުކާރުން ސިޔާސަތަށް ބަދަލެއް ގެނެސްފައިވާ ކަމަށެވެ. އެބަދަލަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކުގެ ފަހަތުން ގޮސް އެމީހުން ހައްޔަރުކުރުންކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް ކުރީގެ ސިޔާސަތަކީ އެ ބޭނުންކުރާ މީހުން ހައްޔަރުކޮށް އަދަބު ދިނުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މިހާތަނަށް ސަރުކާރުން ކުރި މަސައްކަތްތައް ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ 726 ކިލޯގެ މަސްތުވާތަކެތި ވހިފަހައްޓާފައިވާ ކަމަށެވެ. މީގެ އިތުރުން 14200 ރާފުޅިވެސް ހިފެހެއްޓިފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ. އެ ހުރިހާ އެއްޗެއްގެ މަގުމަތީގެ އަގު 1.4 ބިލިޔަން ރުފިޔާއަށް އަރާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަޢުދާ އެއްގޮތަށް މިހާރުވެސް ރާއްޖޭގެ 3 ސަރަހައްދެއްގައި މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާދެވޭނެ ވަސީލަތްތައް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަން ދާޚިލީ ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އެ ރަށްތަކަކީ ކ. ކާށިދޫ، ނ. ވެލިދޫ އަދި ލ. ގަމެވެ.

Advertisement
Advertisement

ސަރުކާރުން މިމައްސަލައަށް ދާއިމީ ހައްލެއް ގެންނައިރު ޤާނޫނުގެ ތެރެއިން މަސްތުވާތަކެތީގެ ޤާނޫނު އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވޭތުވެ ދިޔަ 18 މަސް ދުވަހުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަތަކުގައި 1580 މީހުން ހައްޔަރުކޮށް 700 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ވަނީ ހިފަހައްޓާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement