100 ހައުސިންގ ޔުނިޓް މިއަހަރު ހަވާލުކޮށް, އަންނަ އަހަރު 100 ޔުނިޓްގެ މަސައްކަތް ކޮޅުފުށީފައި ފަށާނަން- ރައީސް
ރައީސް މުއިއްޒު ކޮޅުފުށި ރައްޔިތުންނާ ބައްދަލުކުރައްވަނީ: ފޮޓޯ-ރައީސް އޮފީސް

100 ހައުސިންގ ޔުނިޓް މިއަހަރު ހަވާލުކޮށް, އަންނަ އަހަރު 100 ޔުނިޓްގެ މަސައްކަތް ކޮޅުފުށީފައި ފަށާނަން- ރައީސް

20 days ago - 15:38
Sep 23, 2025 - 15:39
Advertisement
Advertisement

100 ހައުސިންގ ޔުނިޓް މިއަހަރު ހަވާލުކޮށް, އަންނަ އަހަރު 100 ޔުނިޓްގެ މަސައްކަތް ކޮޅުފުށީފައި ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މ.އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކޮޅުފުށްޓަށް ވަޑައިގެ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިހާރު އެރަށުގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތައް މުޅިން ފުރިހަމަކޮށް މިއަހަރު ހަވާލުކުރައްވާނެ ކަމަށެވެ.

މީގެއިތުރު 100 ހައުސިންގް ޔުނިޓް ތަރައްޤީ ކުރުމުގެ މަޝްރޫޢެއް، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ކުރިއަށް ގެންގޮސްދެއްވާނެ ކަމުގެ ޔަގީންކަން ކޮޅުފުށި ރައްޔިތުންނަށް ދެއްވިއެވެ. އަމިއްލަ ގޯތީގައި ހައުސިންގް ޔުނިޓް އަޅަން ބޭނުންވާ ފަރާތްތަކަށް މި މަޝްރޫޢުގެ ތެރެއިން ފުރުޞަތު ފަހިވެގެންދާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ސަރުކާރުން ތަރައްޤީކުރައްވާ ހައުސިންގް ޔުނިޓްތަކުގެ ކުލިވެސް ކުޑަކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޮޅުފުށީގެ އެހެން މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ ރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށްވެސް އަވަސް ޙައްލެއް ހޯއްދަވައިދެއްވާނެކަމަށެވެ. އަދި ރަށުގެ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވުމުގެ ގޮތުން، ހެލްތު ރޫމާއި، ލައިބްރަރީ އަދި އިތުރު އެހެން ވަސީލަތްތައް ފުރިހަމަކުރެވިފައިވާ އިމާރާތެއްގެ މަސައްކަތްވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ކުރިއަށްގެންގޮސްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

Advertisement
Advertisement

މީގެ އިތުރުން ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ޚިދުމަތްވެސް، 2026 ވަނަ އަހަރުގެ ކުރީކޮޅުގައި މުލަކަތޮޅުގައި ފެށިގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގެތެރެއިން، މަސައްކަތް ނުފެށި ހުރި ރަށްތަކުގެ މައްސަލާގައި ކުރިއަށް ދެވެން އޮތް ގޮތެއް ބައްލަވައި، އެ މައްސަލައަށްވެސް ހައްލު ހޯއްދަވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. އަދި ޞިއްޙީ ދާއިރާއަށް ބޭނުންވާ ކުރިއެރުންތައްވެސް ހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަން، އެމަނިކުފާނު ވަނީ ރައްޔިތުންނަށް ދެއްވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement