މުޑުދާރުކޮށް ކާއެއްޗިހި ތައްޔާރުކޮށް, ވިޔަފާރި ކުރަމުންދިޔަ ބިދޭސީންތަކެއް އަތުލައިގެންފި
ބިދޭސީން ތައްޔާރުކޮށްފައިވާ ބައެއް ކާތަކެތި

މުޑުދާރުކޮށް ކާއެއްޗިހި ތައްޔާރުކޮށް, ވިޔަފާރި ކުރަމުންދިޔަ ބިދޭސީންތަކެއް އަތުލައިގެންފި

ދެ ގެޔަކުން 26 ބިދޭސީން އަތުލައިގަން

25 days ago - 14:06
Aug 22, 2024 - 14:08
Advertisement

މުޑުދާރުކޮށް ކާއެއްޗިހި ތައްޔާރުކޮށް, ވިޔަފާރި ކުރަމުންދިޔަ ބިދޭސީންތަކެއް އަތުލައިގެންފި އެވެ. މޯލްޑިވްސް އިމިގްރޭޝަނުން ބުނީ މިހަފްތާގެ ހޯމަ ދުވަހު ފުލުހުންނާ ގުޅިގެން ހިންގި އޮޕަރޭޝަންގައި 26 މީހަކު އަތުލައިގެންފައިވާ ކަމަށެވެ. އެމީހުން އަތުލައިގަތީ ދެ ގެއަކުންނެވެ.

އިމިގްރޭޝަނުން ބުނީ އެމީހުން އަތުލައިގަތީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ފުޅާދާއިރާއެއްގައި ވިޔަފާރިއަށް އެކި ކަހަލަ ކާބޯތަކެތި ތައްޔާރުކުރަމުންދާ ކަމަށް "އިމިގްރޭޝަން ވޮޗް" އަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. ފުލުހުންނާއެކު  ހާއްސަ ރެއިޑެއް ކުރިއަށް ގެންގޮސް ބިދޭސީން ތައްޔާރުކުރާ ތަކެތީގެ ފޮޓޯތަކެއްވެސް އިމިގްރޭޝަނުން ވަނީ ޢާއްމުކޮށްފައެވެ.  މ. ތްރީ މޫން ބަލައި ފާސްކޮށް،  ގަވާއިދާ ހިލާފަށް މަސައްކަތްކުރަމުންދިޔަ 10 ބިދޭސީއަކު  އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ބުންޏެވެ. އެމީހުން އުފައްދާ ކާބޯތަކެތީގެ ތެރޭގައި ފުއްގުޅަ, ރިހާކުރު ޗިޕްސް, ތެލުލިފަތް, މަސްމިރުސް, ހިކިމަސް, ކާޖާ ހިމެނެއެވެ. އެހުރިހާ އެއްޗެއްވެސް ވަނީ ޕެކެޓްކޮށް ދިވެހި ބަހުން ލޭބަލްކޮށްފައެވެ. މީގެއިތުރުން އެމީހުން ދުފާ ފޯއްވެސް ކޮށައިގެން ވިއްކައެވެ. 

https://x.com/ImmigrationMV/status/1826532024301097224

Advertisement

ދެވަނަ އޮޕަރޭޝަނެއްގައި ހޯމަ ދުވަހު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ 16 ބިދޭސީއެކެވެ. އފުލުހުންނާ ގުޅިގެން ހިންގި އޮޕަރޭޝަންގައި އެމީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ  ގ. މޫން ލައިޓް ގެއިންނެވެ. އިމިގްރޭޝަނުން ބުނީ އެގޭގެ ފުރަތަމަ  ފަންގިފިލާގައި ވިޔަފާރިއަށް ކާބޯތަކެތި ތައްޔާރުކޮށް، ބިދޭސީންނަށް ހާއްސަކޮށްގެން ކެފޭގެ ޚިދުމަތް ދެމުން ދިޔަކަމަށެވެ. އަދި  ދެވަނަ ފަންގިފިލާގައި ބިދޭސީންގެ އެކަމަޑޭޝަން ބްލޮކް ތަކެއް ހަދައި، ކުއްޔަށް ދޫކޮށްފައިވާ ކަމަށް ބުންޏެވެ. އެ އޮޕަރޭޝަނުގައި ބަލައި ފާސްކުރެވުނު ބިދޭސީންގެ ތެރެއިން  16 ބިދޭސީންނަކީ ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީންކަމަށް ބުންޏެވެ. 

ބުޅާ މަހުގައި ކާބޯތަކެތި ހަދައިގެން ވިއްކަމުންދިޔަ ކަމުގެ ތުހުމަތު ކުރެވޭ ބިދޭސީއަކުވެސް މިހަފްތާގައި ވަނީ ފުލުހުން ހައްޔަރުކޮށް, އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement