ބިމެއް ގަންކަމަށް ކުރި ތުހުމަތު ދޮގުކޮށް, ޔާމީނަށް ފައިސަލް ރައްދު ދެއްވައިފި
ޓޫރިޒަމް މިނިސްޓަރ ފައިސަލް ތުހުމަތުތައް ދޮގުކުރެއްވި: ފޮޓޯ-ޓޫރިޒަމް މިނިސްޓްރީ

ބިމެއް ގަންކަމަށް ކުރި ތުހުމަތު ދޮގުކޮށް, ޔާމީނަށް ފައިސަލް ރައްދު ދެއްވައިފި

13 days ago - 10:08
Advertisement

ޓޫރިޒަމް މިނިސްޓަރ އިބްރާހީމް ފައިސަލް މާލެއިން ބިމެއް ގަން ކަމަށް ބުނެ, ކުރީގެ ރައީސް އަބްދުالله ޔާމީން ކުރެއްވި ތުހުމަތު ދޮގުކުރައްވާ, ރައްދު ދެއްވައިފިއެވެ.

 

ފައިސަލް މާލެއިން ބިމެއް ގަންކަމަށް އޮންލައިން ނޫހެއްގައި ޔާމީނާ ހަވާލާދެއްވާ ލިޔެފައިވާ ޚަބަރެއް ރިޓްވީޓްކުރައްވާ ފައިސަލް ވިދާޅުވީ އެއީ ކަނޑައެޅިގެން ރޯ ބުހުތާނު ދޮގު ކަމަށެވެ.

"އަޅުގަނޑު މާލެއިން ބިމެއް ގަތްކަމަށް ބުނެ ކުރީގެ ރައީސް ޔާމީން ދައްކަމުން ގެންދާ ވާހަކައަކީ ކަނޑައެޅިގެން ރޯ ބުހުތާނު ދޮގު ވާހަކައެކެވެ." ފައިސަލް ވިދާޅުވިއެވެ.

Advertisement

ފައިސަލް ވަނީ އެ ފަދަ ދޮގުވާހަކަތައް ދެއްކުން  ހުއްޓާލެއްވުމަށާއި  ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދުމަށް މަސައްކަތް ނުކުރެއްވުމަށް ރައީސް ޔާމީނަށް ނަސޭހަތްތެރިވެފައެވެ. ޔާމީން ވިދާޅުވީ އަބްދުއްރަހީމްގެ ފައިސަލްވެސް މިހާރު މާލެއިން ބިން ގަނެއްފި ކަމަށެވެ. ރައީސް ޔާމީނާ އެންމެ ބޮޑަށް ގުޅުން ގޯސްވެފައިވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުالله އާއެވެ. އެހޫނުގެ ތެރެއިން ފައިސަލްވެސް ގެންދަވަނީ ދޭތެރެ ދޭތެރެއިން ޔާމީނަށް ބަހުގެ ހަމަލާތައް ދެއްވަމުންނެވެ.

ޔާމީން ފައިސަލަށް ތުހުމަތު ކުރެއްވީ ޕީއެންއެފްއިން ބާއްވާ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން ޖަލްސާއެއްގައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement