އިޒްރާއިލްގެ ހަމަލާތަކުން ފަހަތަށް ނުޖެހޭނަން, އިޒްރާއިލާ ދެކޮޅަށް މުސްލިމު ޤައުމު ތަކުން އެއްބައިވުމަށް ޚަމަނާއީ ގޮވާލައްވައިފި
އީރާން އާއި ބައިވެރިން އިޒުރާއިލްގެ ހަމާލާތަކުން ފަހަތަށް ނުޖެއްސޭނެ ކަމަށް އިރާންގެ ރޫޙާނީ ލީޑަރު އާޔަތުالله ޢަލީ ޚަމަނާއީ ވިދާޅުވެއްޖެއެވެ. ހުކުރު ނަމާދަށްފަހު ދެއްވި ދަރުހެއްގައި ޚަމަނާއީ ވަނީ އިޒްރާއިލާ ދެކޮޅަށް މުސްލިމު ޤައުމުތައް އެކަތިގަނޑަކަށް ވުމަށްވެސް ގޮވާލާފައެވެ. މި ދަރުސް ދެއްވާފައިވަނީ ވެރިރަށް ތެޙްރާންގެ މެދުތެރޭގައި ހުންނަ ގްރޭންޑް މޮސައްލާ މިސްކިތުގައި އިމާމްވެ ހުކުރު ނަމާދު ކުރެއްވުމަށްފަހު އެވެ.
މިއީ އަންގާރަ ދުވަހު އީރާނުން އިޒްރާއިލްގެ އަސްކަރީ އަދި ސަލާމަތީ ޗެކްޕޯސްޓްތަކަށް އަމާޒުކޮށް ދިން 200 ބެލިސްޓިކް މިސައިލް ހަމަލާއަށްފަހު ފުރަތަމަ ފަހަރަށް އާންމުންނާ ބައްދަލުކުރެއްވި ފަހަރެވެ. މިގޮތަށް ދަރުސް ދެއްވުމަކީ ޚަމަނާއީ ވަރަށް މަދުން ނޫނީ ނުކުރައްވާ ކަމެކެވެ. އެންމެ ފަހުން ޚަމަނާއީ މިގޮތަށް ދަރުހެއް ދެވާފައިވަނީ 2020 ވަނަ އަހަރުއެވެ. މިފަހަރުގެ ދަރުސް ދެއްވާފައިވަނީ އިޒްރާއިލްއިން ހިޒްބުاللهގެ ލީޑަރު ޙަޞަން ނަޞްރުالله އަވަހާރަ ކޮށްލާފައިވާ ދަނޑިވަޅެއްގައެވެ.
"މި ސަރަޙައްދުގައި އިޒްރާއިލްގެ އުދުވާނާ ދެކޮޅަށް ހިންގާ ހަރަކާތްތަކަށް ފަސްޖެހުމެއްނެތް. އެއީ އެކަމުގައި އިޒްރާއިލްއިން ލިޑަރުން (އަހަރެމެންގެ) މަރާލިކަމުގައިވިޔަސް މެ" ޚާމަނާއި ވިދާޅުވެފައިވަނީ އަންގާރަ ދުވަހު އީރާނުން ދީފައިވަނީ "ގާނޫނީ އަދި ޤާނޫނީ ޙުކޫމަތު ހިނގާ" ހަމަލާއެއް ކަމުގައެވެ.
އަންގާރަ ދުވަހުގެ ހަމަލާއަކީ އިޒްރާއިލްއިން ހަމާސް, ހިޒްބުالله އަދި އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ އިސް ފަރާތްތަކެއް މަރާލާފައިވާތީވެ އެކަމުގެ ރައްދެއްގެ ގޮތުން ދިން ހަމަލާއެކެވެ. އޭގެ ތެރޭގައި ފާއިތުވި ހަފުތާގައި އިޒްރާއިލްއިން ދެކުނު ލުބުނާނަށް ދިން ވަރުގަދަ ހަމާލާތަކުގައި އަވަހާރަކޮށްލާފައިވާ ހިޒްބުالله ޙަޞަން ނަޞްރުالله ވެސް ހިމެނެއެވެ.
ޚަމަނާއީ ވަނީ އީރާނުން އެމީހުންނާ އެކު މަސައްކަތްކުރާ ޖަމާޢަތްތަކާއެކު އަދާކުރަމުންދާ ވާޖިބު ޙިކުމަތްތެރިކަމާއެކު އަދާކުރާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެކަމުގައި ވިސްނުންތެރިކަމާއި, ރޭވުންތެރިކަމާއެކު ކުރިއަށްދާނެ ކަމަށްވެސް ވިދާޅުވެފައެވެ.
މިއީ ފާއިތުވި ހަތަރު އަހަރު ތެރޭގައި ރޫޚާނީ ލީޑަރު މި މޭރުމުން ދެއްވި ފުރަތަމަ ދަރުހެވެ. އިޒްރާއިލްއިން ޣައްޒާގައި 7 އޮކްޓޯބަރުން ފެށިގެން ހިންގަމުން ގެންދާ އުދުވާނަށް އަހަރުވާން އެންމެ 72 ގަޑިއެއްހާއިރު އޮތްއިރު މިހާތަނަށް އިޒްރާއިލްގެ ހަމަލާތަކުގައި ފަލަޞްޠީނުގެ 41,800 މީހުން މަރާލާފައި ވާކަމަށް ރަސްމީ ހިސާބުތަކުން ދައްކައެވެ.
އީރާނުގެ މަދަދުވެރިކަމާއެކު ލުބުނާނުގެ ހިޒްބުالله އާއި ޔަމަނުގެ ހޫތީންވެސް ވަނީ ފަލަޞްޠީނުގެ ރައްޔިތުންގެ ދިފާއުގައި އިޒްރާއިލްއާ ދެކޮޅަށް ހަމަލާތައް ދީފައެވެ. އެހަމަލާތަކުގެ ރައްދުގައި އިޒްރާއިލްއިން ދޭތެރެ ދޭތެރެއިން ޔަމަނުގެ ޕޯޓް ސިޓީތަކަށް ބޮން އަޅާއިރު މީގެ ހަފުތާއެއްހާ ދުވަސް ކުރިން އިޒްރާއިލްއިން ވަނީ ވައިގެ މަގުން ލުބުނާނަށް ހަމަލާދޭން ފަށާފައެވެ.
ވައިގެ ހަމާލާތަކުގައި ފާއިތު 24 ގަޑިއިރު އެކަނިވެސް ލުބުނާނުން 46 މީހުން މަރާލިއިރު މިހާތަނަށް ވަނީ 1200 އަށްވުރެ ގިނަ މީހުން ލުބުނާނުން މަރާލާފައެވެ. އެއްގަމު މަގުން ލުބުނާނަށް އަރައިގަތުމަށް އިޒްރާއިލްއިން ފެށި އޮޕަރޭޝަން ހިޒްބުالله އިން ނާކާމިޔާބު ކޮށްލާފައިވާއިރު, ހަމަލާތަކުގެ ސަބަބުން ގެދޮރު ދޫކޮށް ދާންޖެހި 1.2 މިލިއަން މީހުން ލުބުނާނުގައި ވިއްސި ވިހާލި ވެފައި ވާކަމަށް ލުބުނާނުގެ އިދާރާތަކުން މަޢުލޫމާތު ދެއެވެ.
އެއްވެފައިވާ ބޮޑު ޖަމާޢަތާ މުޚާތަބުކޮށް ޚަމަނާއީ ވަނީ މުސްލިމް އުއްމަތަށްވެސް އިލްތިމާސް އެއް ކޮށްފައެވެ. "އަހަރެމެންގެ ދުޝްމަނަކީ އެއްބައެއް. އެމީހުން އަހަރެމެންގެ އުއްމަތުގެ މެދުގައި ބައިބައިވުން އުފައްދައިފި. އެމީހުން ކާމިޔާބު ހޯދާ އަހަރެމެންގެ އެންމެ ގައުމަކަށްވެސް އެކީ ވެރިވެގަނެއްޖެ ނަމަ ޖެހިގެން އޮންނަ އަނެއް ޤައުމު ހިފަން އެމީހުން މަސައްކަތް ފަށާނެ" އަފްޣާނިސްތާނާއި, ޔަމަން, އަދި އީރާން އާއި ޣައްޒާ އަދި ލުބުނާނުގެ ހާލަތުގެ މައްޗަށް އަލިއަޅުވާލަމުން ޚަމަނާއި ވިދާޅުވެފައި ވެއެވެ.
ރިއެކްޝަންސް