ދިވެހި ސިފައިންގެ ސްޕެޝަލް ފޯސަސްއަށް ރާއްޖޭގައި ޕެރަޝޫޓް ޖަމްޕް ތަމްރީނު ދިނުމަށް މަޝްވަރާކޮށްފި

ދިވެހި ސިފައިންގެ ސްޕެޝަލް ފޯސަސްއަށް ރާއްޖޭގައި ޕެރަޝޫޓް ޖަމްޕް ތަމްރީނު ދިނުމަށް މަޝްވަރާކޮށްފި

6 hours ago - 16:34
Advertisement
Advertisement

ދިވެހި އަސްކަރިއްޔާގެ ސްޕެޝަލް ފޯސަސްއަށް ބޭނުންވާ ޕެރަޝޫޓް ޖަމްޕް ތަމްރީނުތައް ރާއްޖޭގައި ފުރިހަމަކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.


މި މަޝްވަރާތައް ކުރިއަށް ގެންދަވާފައިވަނީ ދިފާޢީ އަދި ޤައުމީ ޚިދުމަތްތަކާ ބެހޭ ވަޒީރު މުޙައްމަދު ޣައްސާން މަޢުމޫން (ދިފާޢީ ވަޒީރު)، ޤައުމީ އެއަރލައިން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސްގެ އިސްވެރިންނާ ބައްދަލުކުރައްވައެވެ. މި ބައްދަލުވުމުގައި ވަނީ ރާއްޖޭގެ ވައިގެ ސަރަޙައްދުގައި ސިފައިންނަށް މިފަދަ ފުޅާ ތަމްރީނުތައް ކުރިއަށް ގެންދެވޭނެ ދާއިރާތަކާއި ގޮތްތަކާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރައްވާފައެވެ.


އެއާބޯން ތަމްރީނުތަކާއި ޚާއްޞަ އޮޕަރޭޝަންތަކަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ދިވެހި އަސްކަރިއްޔާއަށް ހޯއްދަވައިދެއްވައި، ސިފައިންގެ ޤާބިލުކަން އިތުރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ޚާއްޞަ މަސައްކަތްޕުޅުތަކެއް ކުރައްވަމުންނެވެ. އެގޮތުން، އެމަނިކުފާނުގެ ޒަޢާމަތުގައި ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ވަނީ ދިވެހި އަސްކަރިއްޔާގައި "އެއަރ ކޯ" ގެ ޚިދުމަތް ތަޢާރަފުކުރައްވާފައެވެ. މިއާއެކު، ވައިގެ މަގުން ރާއްޖޭގެ ބޮޑު ކަނޑުގެ ސަރަޙައްދު 24 ގަޑިއިރު ހުއްޓުމެއްނެތި އަމިއްލައަށް ބެލެހެއްޓުމުގެ ފުރިހަމަ ޤާބިލުކަން ދިވެހި ސިފައިންނަށް ވަނީ ލިބިފައެވެ.


މީގެއިތުރުން ވެސް، ޤައުމުގެ ދިފާޢީ ބާރު ވަރުގަދަކުރުމަށްޓަކައި ޒަމާނީ އަސްކަރީ ޑްރޯންތަކާއި، ކަނޑުގެ އުޅަނދުފަހަރާއި މަނަވަރުތަކުގެ އިތުރުން، އެހެނިހެން ޒަމާނީ ވަސީލަތްތައް ސިފައިންނަށް ހޯއްދަވައިދެއްވުމުގެ މަސައްކަތް ސަރުކާރުން މިހާރު ވެސް ދަނީ ބާރަށް ކުރިއަށް ގެންދަވަމުންނެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement