Advertisement
Advertisement
Advertisement
Advertisement
ރައީސުލްޖުމްހޫރިއްޔާ، މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2025 ގެ ޝަރަފުވެރި އެވޯޑުތައް ހަވާލުކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ، މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2025 ގެ ޝަރަފުވެރި އެވޯޑުތައް ހަވާލުކޮށްދެއްވައިފި

3 months ago - 08:42
Feb 16, 2026 - 08:44
Advertisement
Advertisement

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ރޭ ޒުވާނުންގެ މަރުކަޒުގައި ބޭއްވި "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2025" ގެ ޝަރަފުވެރި ރަސްމިއްޔާތުގައި، އެވޯޑުތަކުގެ ޙައްޤުވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިނާމުތައް ހަވާލުކޮށްދެއްވައިފިއެވެ. 

މި ހަފުލާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ލިބިވަޑައިގެންނެވި ދެ ބޭފުޅުންނަށް އިނާމު ހަވާލުކޮށްދެއްވާފައެވެ.

މިއަހަރު ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ލިބިވަޑައިގެންފައިވަނީ، މޫސާ މަނިކު އަދި، މުޙައްމަދު ނަދީމަށެވެ.

މީގެ އިތުރުން، ނޮން-އޮލިމްޕިކް އަދި އޮލިމްޕިކް ސްޕޯޓްސް ކެޓަގަރީ އިން، ސްޕޯޓްސްވުމަން އޮފް ދި އިޔަރ އަދި ސްޕޯޓްސްމަން އޮފް ދި އިޔަރ އެވޯޑް ޙާސިލުކުރެއްވި އެތުލީޓުންނަށްވެސް، އެމަނިކުފާނު ވަނީ އެވޯޑު ހަވާލުކޮށްދެއްވާފައެވެ.

އެވޯޑުތައް ހަވާލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ، އެންމެ ޝަރަފުވެރި އެވޯޑްތައް ޙާސިލުކުރެއްވި ބޭފުޅުންނާއެކު ޚާއްސަ، ހަނދާނީ ފޮޓޯފުޅެއް ނަންގަވާފައެވެ.

މިރޭގެ މި ޙަފުލާގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްވެސް ބައިވެރިވެވަޑައިގެން، ބައެއް އެވޯޑުތައް ހަވާލުކޮށްދެއްވާފައިވެއެވެ. ހަމަމިއާއެކު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ވަނީ މިރޭގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން، ބައެއް އެވޯޑުތައް ހަވާލުކޮށްދެއްވާފައެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އަކީ ކުޅިވަރުގެ ދާއިރާއިން ދިވެހިރާއްޖެއަށް ޚިދުމަތްކޮށްދެއްވާފައިވާ އަދި ޚިދުމަތްކޮށްދެއްވަމުންގެންދަވާ ފަރާތްތަކުގެ އަގުވަޒަންކުރެއްވުމުގެ މަޤްޞަދުގައި، ދިވެހިރާއްޖޭގައި ބާއްވާ އެންމެ ޝަރަފުވެރި އިހުތިފާލެވެ. މިރޭގެ ޙަފުލާގައި ފާހަގަކުރައްވާފައިވަނީ 2024 ވަނަ އަހަރުގެ ކާމިޔާބީތަކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއެކު، ކުޅިވަރު ތަރައްޤީކޮށް ކުރިއެވުމަކީ ޤައުމީ އަހުމިއްޔަތެއްކަމުގައި ވަނީ ކަނޑައަޅުއްވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement
By Dreams Mobile