އާ މޭޔަރު ހުވާކުރުމުގެ ދަރުބާރު ހޯމަދުވަހުގެރޭ ބާއްވަނީ
ލޯކަލް ގަވަރމެންޓް މިނިސްޓަރ ވިދާޅުވީ މާލޭގެ އާ މޭޔަރު ހުވާކުރެއްވުމުގެ ދަރުބާރަކީ ވަރަށް ޚާއްސަ ދަރުބާރެއްގެ ގޮތުގައި ހެއްދެވުމަށް މަސައްކަތް ކުރައްވާ ކަމަށް
މާލެ ސިޓީ ކައުންސިލަށް އަލަށް އިންތިޚާބުވި މޭޔަރާއި އިތުރު ތިން ކައުންސިލަރުން ހުވާ ކުރެއްވުމުގެ ދަރުބާރު އަންނަ ހޯމަ ދުވަހުގެރޭ ބޭއްވުމަށް ތައްޔާރު ވަމުން އަންނަ ކަމަށް ލޯކަލް ގަވަރމެންޓް އަދި ސިޓީ ތަކާބެހޭ ވަޒީރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވައި އާދަމް ޝަރީފު ވިދާޅުވީ ލޯކަލް ގަވަމަންޓު ނިޒާމުގައި ސިޓީތަކުގެ މޭޔަރުންނަކީ ވަރަށް މުހިންމު މަގާމެއް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ސަރުކާރާ ގުޅިގެން އާ މޭޔަރު އާޒިމާ އެކު މާލޭގެ ކަންކަން ރަނގަޅު ކުރަން އެކަށީގެންވާ މަސައްކަތްތަކެއް ކުރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.
އަދި މާލޭގެ މީހުންގެ އުންމީދުތަކާއި އެ މީހުން ބޭނުންވާ ކަންކަމުގެ އިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމަށް މަސައްކަތް ކުރައްވާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.
މާލޭގެ މޭޔަރުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައީސުލްޖުމްހޫރިއްޔާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމުންނެވެ.
މާފަންނު ދެކުނު ދާއިރާ އާއި ހެންވޭރު ދެކުނު ދާއިރާ އާއި މެދުހެންވޭރު ދާއިރާގެ ގޮނޑި ހުސްވީ އެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ސަރުކާރުގެ މަގާމުތަކަށް ވަޑައިގަތުމުންނެވެ.
ރިއެކްޝަންސް