ބަންދުކުރިތާ އަހަރުތަކެއް ފަހުން ސަބްދެލިމަގު ހުޅުވައިފި
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ބަންދުކުރި މަގު ހުޅުވާލުމަށް ނިންމީ ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު މިހިނގާ ޖަނވަރީ މަހުގެ ހަވަނަ ދުވަހު ޕަބްލިކް ވޯކްސް މިނިސްޓްރީން
މާފަންނު ހިރިޔާ ސްކޫލާ އިންވެގެން އޮންނަ ސަބްދެލިމަގު އަލުން ހުޅުވާލައިފިއެވެ.
އެމަގު އަލުން ހުޅުވާފައި މިވަނީ ބަންދުކޮށްފައި އޮންނަތާ ހަ އަހަރު ފަހުންނެވެ.
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ބަންދުކުރި މަގު ހުޅުވާލުމަށް ނިންމީ ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު މިހިނގާ ޖަނވަރީ މަހުގެ ހަވަނަ ދުވަހު ޕަބްލިކް ވޯކްސް މިނިސްޓްރީންނެވެ.
އާރް.ޑީ.ސީއާ ހަވާލުކޮށްގެން ކުރި މަސައްކަތަށްފަހު މިރޭ މަގު ހުޅުވާލާފައިވާއިރު އެމަގު އަލުން ހުޅުވުމުގެ މަސައްކަތް ފެށީ ޕަބްލިކް ވޯކްސް މިނިސްޓްރީ ވިދާޅުވި ގޮތުގައި އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރަމުންދާތީ އެސަރަހައްދުގެ ޓްރެފިކްފްލޯއަށް ލުޔެއް ހޯދުމުގެ ގޮތުންނެވެ.
އެހެން ނަމަވެސް މަގު ހުޅުވާފައި މިވަނީ އަމީނީމަގުގެ މަސައްކަތް ނިންމައި ބޭނުންކުރަންވެސް ފެށިފަހުންނެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މިހާރުގެ ރައީސް ޑރ. މުޢިއްޒު ހައުސިން މިނިސްޓަރަކަށް ހުންނަވައިގެން ސަބްދެލި މަގު ބަންދު ކުރީ އެތަނުގައި ލަގްޒަރީ ފެންވަރުގެ ހައުސިން މަޝްރޫއެއް ހިންގުމަށެވެ.
ރިއެކްޝަންސް