ހިފާފައިވާ ޣައްޒާގެ ބިންތަކާއި ލުބުނާން އަދި ސީރިއާގައި ދާއިމީކޮށް އިޒްރާއިލް ސިފައިން ޤާއިމްވެ ތިބޭނެ: ދިފާއީ ވަޒީރު
އިޒްރާއިލް ސިފައިން އުތުރު ޣައްޒާގެ ބޯޑަރު ސަރަޙައްދުގައި. ފޮޓޯ: އޭއެފްޕީ

ހިފާފައިވާ ޣައްޒާގެ ބިންތަކާއި ލުބުނާން އަދި ސީރިއާގައި ދާއިމީކޮށް އިޒްރާއިލް ސިފައިން ޤާއިމްވެ ތިބޭނެ: ދިފާއީ ވަޒީރު

2 days ago - 18:34
Apr 16, 2025 - 18:36

ޖެރޫސެލަމް (އޭޕީ) – ޣައްޒާއިން އިޒްރާއިލްގެ ބާރުގެ ދަށަށް ގެނެސްފައިވާ ސަރަޙައްދުތަކާއި, ލުބުނާން އަދި ސިރިއާގައި އިޒްރާއިލްގެ އަސްކަރިއްޔާގެ ސިފައި ދާއިމީކޮށް ނުފައިބާ ތިބޭނެކަމަށް އިޒްރާއިލްގެ ދިފާއީ ވަޒީރު ބުނެފިއެވެ.

ދިފާއީ ވަޒީރު އިޒްރާއިލް ކަޓްޒް މިހެން ބުނެފައިވަނި ހަމަލާތައް ހުއްޓާލުމަށް އެކުލަވާލާފައިވާ އެއްބަސްވުގެ ހަމާސްގެ ޝަރުތެއްގެ ގޮތުގައި އިޒްރާއިލްގެ ސިފައިންޣައްޒާގެ ބިމުން އެއްކޮށް ފައިބަން ޖެހޭނެކަމަށް ކަނޑައަޅާފައިވަނިކޮށެވެ. ކަޓްޒްގެ މިވާހަކަތަކާ ގުޅިގެން ހަމަލާތައް ހުއްޓާލުމާގުލޭ ވާހަކަތަކަށް ކޮޅެއްގައި ނުޖެހި އަނެއްކާވެސް ދިގުލައިގެން ހިނގައިދާނެކަމުގައި މިވަނީ ބެލެވެންފަށާފައެވެ.

ހަމާސްއިން ބުނެފައިވާ ގޮތުގައި އިޒްރާއިލްއިން ޣައްޒާގެ ބިމުން އެއްކޮށް ފައިބާ ހަމަލާތައް ދާއިމިކޮށް ހުއްޓާލުމަށް އެއްބަސް ނުވަނީސް ބާކީތިބި ރަހީނުން މިނިވަން ނުކުރާނެއެވެ.  

އަންގާރަ ދުވަހު އިޒްރާއިލްގެ ބޮޑުވަޒިރު ބެންޖަމިން ނަތަންޔާހޫ އަދި ދިފާއީ ވަޒިރު އިޒްރާއިލް ކަޓްޒް ވަނީ އުތުރު ޣައްޒާގެ ބިން ފޭރިގަނެގެންތިބި ސިފައިގެން ފައުޖުތަކަށް ކުއްލި ޒިޔާރަތެއްވެސް ކޮށްފައެވެ. އެޒިޔާރަތުގައި ނަތަންޔާހޫ ބުނެފައިވަނީ "އަހަރެމެން މި ހަނގުރާމަކުރަނީ އަހަރެމެންގެ ދިރިތިބުމަށް ކަމަށާއި އަދި މުސްތަޤުބަލަށް ކަމުގައެވެ.

Advertisement
Advertisement

އިޒްރާއިލްގެ ހަމަލާތަކުގައި މިއަދު އެކަނިވެސް ޣައްޒާއިން 22 މީހަކު މަރާލާފައިވެއެވެ. އޭގެ ތެރޭގައި އަހަހަރުނުވާ ތުއްތު ކުއްޖަކުވެސް ހިމެނޭ ކަމުގައި އޮފިޝަލުންނާ ހަވާލާދީ އެސޯސިއޭޓް ޕްރެސްގައި ވެއެވެ.

ޖެނުއަރީ 19ގައި ހަމަލާތައް މެދުކަނޑާލުމަށްފަހު އަލުން ފެށިފަހުން އިޒްރާއިލް އިންވަނީ ޣައްޒާގެ ބިމުގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު ސަރަޙައްދެއް އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. އިޒްރާއިލްއިން ވަނީ ލުބުނާނުގައި ތިބި އަސްކަރިއްޔާގެ ފައުޖުތައްވެސް ލުބުނާނުން ފޭބުމަށް ދެކޮޅު ހަދާފައެވެ. ޑިސެމްބަރު މަހު ސިރިއާގެ ކުރީގެ ރައިސް ބައްޝާރުލް އަސަދުގެ ވެރިކަން ވެއްޓުމަށްފަހު ސީރިއާގެ ދެކުނުގެ ސަރަޙައްދުގެ ބައެއް ބިންތަކަށްވެސް ވަނީ އިޒްރާއިލްގެ އަސްކަރިއްޔާއިން ވެރިވެ ގަނެފައެވެ.

"ކުރިއާ ހިލާފަށް އިޒްރާއިލްގެ އަސްކަރިއްޔާއިން އަހަރެމެންގެ ބާރުގެ ދަށުގައި ހުރި ތަންތަނަކުން ދެން ނުފައިބާނެ. ސަލާމަތީ ޒޯންތަކުގައި އަހަރެމެން ދުޝްމަނުންނާއި އާންމުންގެ (އިޒްރާއިލްގެ) ދާފަރާއެއްގެ ގޮތުގައި އަހަރެމެން ތިބޭނީ. އެއީ ވަގުތީ އަދި ދާއިމީ ހާލަތުގައިވިއަސް. އަދި ޣައްޒާ, ސީރިއާ އާއި ލުބުނާނުގައިވެސް ހަމަ މި އުސޫލު ހިންގާނީ" އިޒްރާއިލްގެ ދިފާއީ ވަޒީރުގެ ބަޔާނުގައި ބުނެފައި ވެއެވެ.

އިޒްރާއިލް ސިފައިން މި ޤައުމުތަކުގައި ޤާއިމްވެ ތިބުމަކީ އަސްކަރީގޮތުން އެސަރަޙައްދުތައް އަޅުވެތިކުރުމެވެ. އަދި އެއީ ބައިނަލް އަޤުވާމީ ޤާނޫނޫތަކާ ހިލާފަށް އިޒްރާއިލްއިން ހިންގަމުންދާ އަމަލެކެވެ.

އިޒްރާއިލްގެ މި އަމަލާމެދު ހިތްހަމަ ނުޖެހި ރަހީނުންގެ އާއިލާތަކުގެ ފަރާތުން އިޙްތިޖާޖު ކުރަމުންދިޔަ މެމްބަރަކު ބުނީ އިޒްރާއިލްއިން (ފުރަތަމަ) ރަހީނުން ގެންނާނެ ކަމަށް ބުނި ނަމަވެސް އެމީހުން ފުރަތަމަ ކުރާކަމަކީ ރަހީނުން މިނިވަންކުރުމުގެ ކުރިން ޣައްޒާގެ ބިމުން ބައެއް އެމީހުންގެ ބާރުގެ ދަށަށް ގެނައުން ކަމުގައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow