ކުރަންޖެހުނު ކޮންމެ ކަމެއް ކޮއްގެން ވިއަސް މެޑްލީން ހުއްޓުވަން އިޒްރާއިލްގެ ދިފާއީ ވަޒީރު އަންގައިފި
މެޑްލީން. މިހާރު އޮތީ ޣައްޒާއާ 160 ނޯޓިކަލް މޭލް ދުރުގައި

ކުރަންޖެހުނު ކޮންމެ ކަމެއް ކޮއްގެން ވިއަސް މެޑްލީން ހުއްޓުވަން އިޒްރާއިލްގެ ދިފާއީ ވަޒީރު އަންގައިފި

4 hours ago - 23:12

ފްރީޑަމް ފްލޮޓީލާ ކޯލިޝަންގެ ބޯޓް 'މެޑްލީން' ޣައްޒާގެ އައްސޭރިއަށް އައުމުގެ ކުރިން އެ އުޅަނދު ހުއްޓުވަން ކުރަންޖެހުނު ކޮންމެ ކަމެއް ކުރަން އިޒްރާއިލްގެ ޔަހޫދީ ސިފައިންނަށް (އިޒްރާއިލް ޑިފެންސް ފޯސް) އިޒްރާއިލް (އަޅުވެތިކޮށްފައިވާ ފަލަޞްޠީން)ގެ ދިފާއީ ވަޒީރު އިޒްރާއިލް ކަޓްޒް އަންގައިފިއެވެ. 

އެކްސްގައި ކުރި ޕޯސްޓެއްގައި ކަޓްޒް ބުނެފައިވަނީ 'ނަފުރަތުގެ ބޯޓް މެޑްލީން' ޣައްޒާއަށް އައުން ހުއްޓުވާނެ ކަމަށާއި އެކަން ކުރުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމަށް އޭނާގެ ސިފައިންނަށް އަންގާފައިވާނެ ކަމުގައެވެ.

"އެ އެންޓައި-ސެމެޓިކް ގްރޭޓާ އަދި އޭނާގެ ހަމާސް ޕްރޮޕެގެންޑާގެ ތަރުޖަމާނުންނަށް އަހަރެން ވަރަށް ސާފުކޮށް ބުނަން. ކަލޭމެން އަނބުރާލާފަ އައިކޮޅަށް ދޭ. ސަބަބަކީކަލޭމެންނަށް ޣައްޒާއަކަށް ނާދެވޭނެ" އެކްސްގައި ކޮށްފައިވާ ޕޯސްޓްގައި ބުނެފައި ވެއެވެ. 

މެޑްލީން އަކީ އިޒްރާއިލްއިން ޣައްޒާގައި އެއްގަމާއި ވައި އަދި ކަނޑުގެ މަގުން ދުނިޔެއަށް ޣައްޒާ ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް, ޣައްޒާގައި އިޒްރާުއިލް އިން ހިންގަމުންގެންދާ 20މަސް ދުވަސްވީ ޤަތުލްއާންމާ ދެކޮޅަށް އިޙްތިޖާޖް ކުރުމުގެ ގޮތުން އަދި ޣައްޒާއަށްއެންމެ ބޮޑަށް މިވަގުތު ބޭނުންވާ އިންސާނީ އެހީގެ ބައެއް ބާވަތްތައް ހިފައިގެން ކަނޑުމަގުން ދަތުރުކުރަމުންދާ ބޯޓެކެވެ.

Advertisement
Advertisement

ސްވިޑެންގެ މަޝްހޫރު ތިމާވެށި އެކްޓިވިސްޓް ގްރޭޓަރ ތަމްބާގް އާއި އިންސާނީ ހައްޤުތައް ހިމާޔަތްކުރަން މަސައްކަތްކުރާ  7 ޤައުމެއްގެ 11 ބައިވެރިންނާއެކު ސިސިލީގެ ކެޓާނިއާ ބަނދަރުން މެޑްލީން ފުރީ ޖޫން 1 ގައެވެ.

ހަފުތާއެއްގެ ތެރޭގައި ޣައްޒާއަށް ދެވޭނެކަމަށް ލަފާކުރި މެޑްލީން މިހާރު އޮތީ ޣައްޒާއާ 160 ނޯޓިކަލް މޭލް ދުރުގައި މިޞްރުގެ އުތުރު އައްސޭރި އާ ކައިރި ސަރަޙައްދެއްގައެވެ. އެއީ މިޞްރުގެ ރިސޯޓް ރަށެއް ކަމަށްވާ ޑެމިއޭޓާ ގެ 'ކޭޕް އޮފް ލޭންޑް" އާ ހިސާބުގައެވެ.

އިޒްރާއިލް އިން ބުނެފައިވަނީ 'ބްލޮކޭޑް' ފުނޑާލުމަށް ނުވަތަ ނިރުބަވެރިންނަށް ވާގިވެރިވުމަށް ހިންގާ ކޮންމެ ކަމަކަށް އިޒްރާއިލްއިން ތެދުވާނެ ކަމަށާއި އެއީ އެއްގަމުން, ނުވަތަ ވައި އަދި ކަނޑުގެ މަގުންކަމަށް ވިއަސް އެކަން އޮންނާނީ އެގޮތަށްކަމުގައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow