އަރުމޭނިއަން ޔޫތު އޯޕަންގައި ލައިބާ ހޯދި 3 ރަން މެޑެއްޔަށް ރައީސް މުޢިއްޒު މަރުޙަބާ ދަންނަވައިފި
ލައިބާއަކީ އަރަމުން އަންނަ ޒުވާން ކުޅުންތެރިއެއް / ފޮޓޯ: ރައީސް އޮފީސް

އަރުމޭނިއަން ޔޫތު އޯޕަންގައި ލައިބާ ހޯދި 3 ރަން މެޑެއްޔަށް ރައީސް މުޢިއްޒު މަރުޙަބާ ދަންނަވައިފި

5 hours ago - 20:42
Jun 8, 2025 - 20:49

އަރމޭނިއަން ޔޫތު އޯޕަން ބެޑްމިންޓަން މުބާރާތުން 3 ރަން މެޑަލް ހާސިލުކުރި ދިވެހި ކުޅުންތެރިޔާ ލައިބާ އަޙްމަދު މަޚްލޫފަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ދަންނަވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވިދާޅުވީ ބައިނަލްއަޤްވާމީ ޖޫނިއަރ ބެޑްމިންޓަން މުބާރާތެއްގައި ލައިބާ މި ހޯދި ކާމިޔާބަކީ ދިވެހި ޤައުމަށް ލިބުނު ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ. އަދި މިއީ ކުޅިވަރުގައި ރަނގަޅު މުސްތަޤްބަލެއް ހޯދަން މަސައްކަތްކުރާ ކޮންމެ ކުއްޖަކަށް ނަމޫނާއެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު އެދެނީ ލައިބާއަށް އިތުރު ކާމިޔާބީއާއި ރަން ވަނަތަކަށް. އަދި ހިތްވަރާއި ހުނަރުވެރިކަމާއެކު ކުރިއަށް ދިއުމަށް،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

އުމުރުން 12 އަހަރުގެ ލައިބާ ވަނީ އަރުމޭނިއާގައި ކުރިޔަށްދާ އަރްމޭނިއަން ޔޫތް އޯޕަން 2025 ގައި ސިންގަލްސް އަދި ޑަބަލްސް އާއި މިކްސްޑް ޑަބަލްސް އިވެންޓުން ރަން މެޑަލް ހާސިލްކޮށްފައެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow