ހުޅުމާލޭ ޖަލާއި އިންވެގެން އޮތް ބިން ކަރެކްޝަނަށް ދޭން ނިންމައިފި
ހުޅުމާލެ ޖަލު

ހުޅުމާލޭ ޖަލާއި އިންވެގެން އޮތް ބިން ކަރެކްޝަނަށް ދޭން ނިންމައިފި

12 months ago - 20:53
Apr 16, 2025 - 20:55
Advertisement
Advertisement

ހުޅުމާލޭ ޖަލާއި އިންވެގެން އޮތް ބިން ކަރެކްޝަނަލް ސަރވިސްއަށް ދޫކުރަން ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ މިގޮތަށް ނިންމާފައި މިވަނީ މާލެ ސިޓީ ކައުންސިލާއި، އެޗްޑީސީ އާއި އަދި ކަރެކްޝަނަލް ސަރވިސްއާއެކު ކުރެވުނު މަޝްވަރާތަކަކަށް ފަހުގައި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެ ބިމުގައި ވަގުތީ ޖަލެއް އެޅުމަށް ނިންމާފައިވާ ކަމަށާއި، އަދި އެއީ  ސެންޓްރަލް ޖަލު އަޅާ ނިމެންދެން ވަގުތީ ހައްލެއްގެ ގޮތުން އަޅާ ޖަލެއްކަމަށެވެ، އަދި ސެންޓްރަލް ޖަލު ނިމުމުން ހުރިހާ ޖަލުތަކެއް އެއް ތަނަކަށް ބަދަލުކުރެވޭނެކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

" ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ ޖަލުތަކަށް ކުރެވޭ ޚަރަދު ކުޑަކުރުމާއި އެކު ދެވޭ ޚިދުމަތުގެ ފެންވަރު މަތިކޮށް މައްސަލައަށް ދާއިމީ ހައްލެއް ގެނައުން." އެކްސްގައި މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ހުރިހާ ޖަލެއް އެއްކޮށްލުމަށްފަހު ގާއިމުކުރުމަށް ހަމަޖެހިފައިވާ ސެންޓްރަލް ޖަލު އިމާރާތް ކުރުމަށް ނިންމާފައިވަނީ އުތުރު ތިލަފަޅުގަ އެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement