ބިދޭސީން ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައިގެން ފުލުހުން ހަރަކާތްތެރިވަނީ
ޑިންގީ ބަންޑުން ޖަހާލީ ގުރައިދޫ އަށް ދަނިކޮށް: ފޮޓޯ-ވިކިޕީޑިއާ

ބިދޭސީން ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައިގެން ފުލުހުން ހަރަކާތްތެރިވަނީ

ދަތުރުކުރި 17 މީހުން ވަނީ ސަލާމަތްކޮށްފަ

1 year ago - 23:22
Aug 6, 2025 - 23:22
Advertisement
Advertisement

ބިދޭސީން ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ. ފުލުހުން މިރޭ ވިދާޅުވީ ޑިންގީން ދަތުރުކުރި 17 މީހުންވެސް ސަލާމަތްކޮށްފައިވާ ކަމަށެވެ. އޭގެތެރެއިން ތިން މީހުން ފަތާފަ ޒަމާނީ އައިލެންޑަށް އެރިކަމަށް ފުލުހުން ވިދާޅުވިއެވެ. އެހެން މީހުން ސަލާމަތްވި ގޮތެއް ފުލުހުން ނުބުނެއެވެ. ޑިންގީ ދަތުރުކުރީ މުޅިންވެސް ބިދޭސީންނެވެ.

ޑިންގީ ބަންޑުން ޖަހާލީ ކ.ޒަމާނީ އައިލެންޑް ކައިރިން ގުރައިދޫ އަށް ދަތުރުކުރަނިކޮށެވެ. އެއީ ކިހާވަރެއްގެ ޑިންގީއެއް ކަމެއް ސާފެއް ނޫނެވެ. ޑިންގީ ބަންޑުން ޖަހާލުމުން މެރިން ޕޮލިސް އާއި ކ.އަތޮޅު ޕޮލިސް އަދި ކ.އަތޮޅު ރިސޯރޓްތަކުގެ ލޯންޗްތައް ވެސް އެސަރަހައްދުގައި ހަރަކާތްތެރިވަމުން ދާކަމަށް ފުލުހުން ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement