ބައި އިލެކްޝންގެ ވަގުތީ ނަތީޖާ އިއުލާން ކޮށްފި

ބައި އިލެކްޝންގެ ވަގުތީ ނަތީޖާ އިއުލާން ކޮށްފި

މާލެ ސިޓީ މޭޔަރު އާއި ހަތަރު ދާއިރާއަކަށް ކައުންސިލް މެންބަރުން އިންތިޚާބު ކުރުމަށް ބޭއްވި ބައި-އިލެކްޝަންގެ ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރައްވައިފި.

8 months ago - 00:14
Jan 14, 2024 - 00:35

މާލެ ސިޓީ މޭޔަރު އާއި ހަތަރު ދާއިރާއަކަށް ކައުންސިލް މެންބަރުން އިންތިޚާބު ކުރުމަށް ބޭއްވި ބައި-އިލެކްޝަންގެ ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރައްވައިފިއެވެ.

މި ބައި-އިލެކްޝަންގައި މާލޭގެ މޭޔަރު ކަމުގެ އިތުރުން މެދުހެންވޭރު ދާއިރާގެ ކައުންސިލް ގޮނޑި ކާމިޔާބު ކޮށްފައިވަނީ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމް.ޑީ.ޕީންނެވެ. އަދި މާލޭގެ ދެ ދާއިރާއެއްގެ ގޮނޑި ކާމިޔާބު ކޮށްފައިވަނީ ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕީ.އެން.ސީއިންނެވެ.

އެއީ މާފަންނު ދެކުނު ދާއިރާ އަދި ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލްގެ ގޮނޑިއެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން އިންތިޚާބު ކާމިޔާބު ކުރެއްވި އާދަމް އާޒިމް އަށް ލިބިވަޑައިގެންނެވީ 7621 ވޯޓެވެ.

އާޒިމާ ޝަކޫރަށް ލިބިވަޑައިގެންނެވީ 5031 ވޯޓެވެ.

މުޙައްމަދު ސައިފް ފާތިޙްއަށް ލިބިވަޑައިގެންނެވީ 2343 ވޯޓެވެ.

މީގެ އިތުރުން ކުރީގެ ސީޕީ ހުސައިން ވަހީދަށް 1888 ވޯޓު ލިބިވަޑައިގެންނެވިއިރު ޝުއައިބު އަލީ އަށް ލިބިވަޑައިގެންނެވީ 125 ވޯޓެވެ.

މެދުހެންވޭރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އެމް.ޑީ.ޕީގެ ކެނޑިޑޭޓު އަޙްމަދު ރިޝްވާން ރަޝީދުއެވެ. އޭނާ ވަނީ 320 ވޯޓު ހޯއްދަވާފައެވެ. އޭނާއާ އެންމެ ކައިރިން ވާދަކުރެވި ޕީ.އެން.ސީގެ ކެނޑިޑޭޓަށް ލިބިވަޑައިގެންނެވީ 305 ވޯޓެވެ.

މާލެ ސިޓީ ކައުންސިލްގެ އެހެން ދާއިރާތަކަށް ބަލާއިރު މާފަންނު ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ކޮންގްރެސް ޕާޓީގެ ކެނޑިޑޭޓު ހަސަން ނިޒާމު ވަނީ 383 ވޯޓު ހޯއްދަވާފައެވެ.

މީގެ އިތުރުން ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލް ގޮނޑި ކާމިޔާބު ކުރެއްވި ޕީ.އެން.ސީގެ ކެނޑިޑޭޓް އާމިނަތު ރިޝްފާ އަޙްމަދު ވަނީ 411 ވޯޓު ހޯއްދަވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow