އިޒްރާއިލް-އީރާން ހަނގުރާމަ: ރޭގެ ހަމަލާތަކުގައި އިޒްރާއިލްއަށް ބޮޑެތިގެއްލުންތަކެއް!
ދެކުނު ތެލް އަވީވްގެ ބެޓް ޔަމް އަށް އީރާނުން ދިން ހަމަލާތަކުގައި ސުންނާފތިވެފައިވާ ތަނެް: ފޮޓޯ: އޭޕީ

އިޒްރާއިލް-އީރާން ހަނގުރާމަ: ރޭގެ ހަމަލާތަކުގައި އިޒްރާއިލްއަށް ބޮޑެތިގެއްލުންތަކެއް!

ޔަމަނުންވެސް ވަނީ އިޒްރާއިލްއަށް މިސައިލް ހަމަލާތަކެއް ދީފައި

11 hours ago - 11:11
Jun 15, 2025 - 11:11

އިޒްރާއިން އިން އީރާނާ ދެކޮޅަށް ފެށި ހަނގުރާމާއިގެ ރޭ ބަދަލުކުރި ހަމަލާތަކުގައި އިޒްރާއިލްއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް އިޒްރާއިލްގެ ރައީސް ވިދާޅުވެއްޖެއެވެ.

އިޒްރާއިލްގެ ސިއްހީ މަސްދަތުރަކާ ހަވާލާދީ އަލްޖަޒީރާއިން ބުނެފައިވާގޮތުން އީރާންގެ ހަމަލާތަކުގައި އިޒްރާއިލްގެ ހައިފާއިން 10 މީހަކު ވަނީ މަރުވެފައިވައެވެ. މި އެންމެންނަކީ ވެސް ހައިފާގެ ތެޔޮ ރިފައިނަރީ ތަކުގައި މަސައްކަތްކުރާ މީހުންނެވެ.

ރޭ އީރާންގެ ފުރަތަމަ ހަމަލާތައް އަމާޒުކޮށްފައިވަނީ އިރުއުތުރު ހައިފާ އަށެވެ. އިޒްރާއިލްގެ ތެލާއި ގޭހާއި އެެނޫންވެސް މުހިއްމު ސިނާއަތްތަކުގެ މައިރަށް ހައިފާގެ ތެޔޮ ރިފައިނަރީއަށް އީރާނުން ހަމަލާދިން އިރު, އޭގެ ކުރިން އިޒްރާއިލްއިން ވަނީ އީރާނުގެ ތެލާއި ގޭހުގެ މުހިއްމު ސަރަހައްދުތަކަށް ހަމަލާ ދީފައެވެ.

އިޒްރާއިލްގެ ރައީސް އިސާކް ހާޒޮގް ވަނީ އިޒްރާއިލްއަށް މިއީ ވަރަށް ދަތި އުނދަގޫ ހެނދުނެއްކަމަށް ބުނެފައެވެ. އިސާކް ވަނީ މިއީ އިޒްރާއިލްއަށް ދިން ޓެރަރިސްޓް ހަމަލާތަކެއް ކަމަށް ވިދާޅުވެފައެވެ. ހަމަލާތަކުގައި އެންމެ ބޮޑަށް ހަލާކުވި ދެކުނު ތެލް އަވީވްގެ ބެޓް ޔަމް ސަރަހައްދަށެވެ. އެސަރަހައްދުން 35 މީހަކު ގެއްލިފައިވާކަމަށް އިޒްރާއިލްއިން ވަނީ ބުނެފައެވެ.

Advertisement
Advertisement

އީރާނުގެ ސައުތްޕާސް ގޭސް ފާމަށް އިޒްރާއިލްއިން ފުރަތަަމަ ހަމަލާތައް އަމާޒުކުރި އިރު އެއީ ދުނިޔޭގެ އެންމެ މުހިއްމު ހަކަތަ އުފައްދާ އެއް ސަރަހައްދެވެ. ދުނިޔޭގެ ކަނޑުގެ ސަރަހައްދުން ނެގޭ ގޭސް ޕްރޮސެސިންގް ޕްލާންޓްގެ އެންމެ ބޮޑު ސެންޓަރުވެސް ހުންނަނީ ސައުތްޕާސްގެ ފާމްގައެވެ. ހަމަލާތަކާއެކު ރޯވި އަލިފާންގަނޑު އީރާނުންވަނީ ނިއްވާލާފައެވެ. އޭގެ ފަހުންވެސް އިޒްރާއިލްއިން ވަނީ ތެހްރާންގެ ތެޔޮވަޅުތަކެއްގައިވެސް ރޯކޮށްލާފައެވެ.

ޔަމަނުންވެސް ވަނީ އީރާންގެ ހަމަލާތަކުގައި ބައިވެރިވެ މެދުތެރޭ އިޒްރާއިލްއަށް ރެއާ މިއަދު ހެނދުނުވެސް ވައިގެ ހަމަލާތަކެއް ދީފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow