
ދިވެހިރާއްޖޭގެ ޖަލުތަކަކީ ދުނިޔޭގެ އެކި ޖަލުތަކާ އަޅާ ބަލާއިރު ފެންވަރު ރަނގަޅު ޖަލުތަކެއް- ވަޒީރު އިހުސާން
ދިވެހިރާއްޖޭގެ ޖަލުތަކަކީ ދުނިޔޭގެ އެކި ޖަލުތަކާ އަޅާ ބަލާއިރު ފެންވަރު ރަނގަޅު ޖަލުތަކެއް ކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ ކަރެކްޝަނަލް އޮފިސަރ ޓްރޭނިންގ ޕްރޮގްރާމްގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ.
ވަޒީރު ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަށާއި, އެތަނުގެ އޮފިސަރުންނަށްވެސް ތައުރީފް ކުރައްވާފައެވެ. ވިދާޅުވީ އެކަށީގެންވާ ވަރަށް އޮފިސަރުން ރެކްރޫޓް ނުކުރެވުނު ނަމަވެސް ކަރެކްޝަން އަކީ ޒިންމާ އަދާކުރުމުގައި އިންތިހާއަށް މަސައްކަތުގެ މާހައުލުގައި ޒިންމާ އަދާކުރާ މުވައްސަސާއެއް ކަމަށެވެ. އަދި ޖަލުތަކުގައި މަސައްކަތްކުރާ އޮފިސަރުންނަކީ ވަރަށް ހީވާގި އަދި ޒިންމާ ބޮޑު މަސައްކަތްތަކެއް ކުރާ ބައެއްކަމަށް ވިދާޅުވިއެވެ.
ދިމާވާ ޙާލަތްތަކުގައި ވަރަށް މަދުން ނޫނީ ކަރެކްޝަންސްގެ އޮފިސަރުންގެ މައްސަލައެއް ފާހަގަނުކުރެއްވޭ ކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. މި ޓްރޭނިންގ ޕްރޮގްރާމް ފުރިހަމަކުރި ޓްރޭނީންނަށް ޕްރިޒަން އޮފިސަރުންގެ ޙުވާ ލާދެއްވީ މާފުށީ ކޯޓްގެ ޣާޒީ އަލްއުސްތާޛް ޖިނާން އިބްރާހިމް ލަޠީފްއެވެ.
ދަސްވެނިންނަށް މަރުޙަބާ ދަންނަވަމުން، ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވީ ކަރެކްޝަންސްއަށް ބޭނުންވަނީ ޢިލްމީ އޮފިސަރުން ކަމަށާއި ޖަލުތަކުގައި މަސައްކަތްކުރަމުން ގެންދާ ހީވާގި، މުރާލި އޮފިސަރުން މަސައްކަތްކުރަމުން ގެންދަނީ މުޅި ޤައުމުގެ މަސްލަހަތައް ކަމަށެވެ. ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ނަޒާހަތްތެރިކަމާއެކު މަސައްކަތްކުރެއްވުމަށް ދަސްވެނިންގެ ކިބައިން ކަރެކްބަން ސީޕީ އެދިވަޑައިގެންނެވިއެވެ.
ރިއެކްޝަންސް






