
ފީފާ ކްލަބް ވޯލްޑްކަޕް:ފުރަަތަމަ މެޗުން އިންޓަރ މަޔާމީ އާ އަލް-އަޙްލީ އެއްވަރު
ފީފާ ކްލަބް ވޯލްޑްކަޕްގެ ފުރަތަމަ މެޗުގައި ސައުދި އެރޭބިއާގެ އަލް-އަޙްލީ އާއި, އެމެރިކާ މޭޖަރ ސޮކާ ލީގުގެ ކްލަބް އިންޓަރ މަޔާމީ އެފްސީ ވާދަކުރި މެޗު އެއްވެސް ކްލަބަކަށް ގޯލެއް ކާމިޔާބުނުކުރެވި ނިމިއްޖެއެވެ.
މެޗުގައި އަލް އަޙްލީއަށް ފުރަތަމަ ހާފުގައި ޕެނަލްޓީއެއް ލިބުންނަމަވެސް މަޔާމީ ގެ ގޯލް ކީޕަރު އޮސްކާ އުސްޓާވީ ވަނީ ޕެނަލްޓީ މަތަކޮށްފައެވެ. ފުރަތަމަ ހާފުގައި އުސްޓާވީ ގެ ފަރާތުން ރަނގަޅު ސޭވަތަކެއް ފެނިގެން ދިޔައެވެ.
ދެވަނަ ހާފުގައި މަޔާމީގެ ކެޕްޓަން މެސީވެސް ގޯލެއް ޖެހުމާ ގާތަށް ދިޔަ ނަމަވެސް ނަސީބު އަތުގައެއް ނުހިފިއެވެ. މެސީގެ މި މެޗަކީ އާޖެންޓީނާގެ ޤައުމީ ޓީމާއެކު ކްލަބް ވޯލްޑްކަޕްގައި ކޮލަމްބިއާ އާ ދެކޮޅަށް ކުޅުނުތާ ހަތަރުދުވަސް ފަހުން ކުޅުނު މެޗެކެވެ.
މުބާރާުތުގައި ރާއްޖެ ގަޑިން މިރޭ 9 ޖަހާއިރު ޖަރުމަނުގެ ބަޔާންމިއުނިކް އާއި ނިއުޒީލެންޑްގެ އޯކްލެންޑް އެފްސީ ބައްދަލު ކުރާނެއެވެ. 12 ޖަހާއިރު ފްރާންސްގެ ޕީއެސްޖީން ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑާ ދެކޮޅަށް ނިކުންނައިރު, މެންދަމު 3 ޖަހާއިރު ބްރެޒިލްގެ ޕަލްމެއިރާސް އަދި ޕޯޗުގަލްގެ އެފްސީ ޕޯޓޯ ގެ މެޗުވެސް އޮންނާނެއެވެ.
ރިއެކްޝަންސް






