ލަލީގާ: ވިޔަރެއާލްގެ މައްޗަށް ރެއާލްއިން ކުރި ހޯދި މެޗުގައި ޑިފެންޑަރު ކަވަހާލްއަށް އަނިޔާވެއްޖެ
ވިޔަރެއާލްގެ މައްޗަށް ރެއާލްއިން ކުރި ހޯދި މެޗުގައި ރެއާލް މެޑްރިޑްގެ ޑިފެންޑަރު ކަވަހާލްއަށް އަނިޔާވެއްޖެއެވެ. ސްޕެނިޝް ލަލީގާގައި ހޮނިހިރު ދުވަހު ވިޔަރެއާލްގެ މައްޗަށް ރެއާލް މެޑްރިޑް ކުރިހޯދީ 2-0 ނެވެ.
ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ޑިފެންޑަރ ޑެނީ ކަވާހާލް އަށް އަނިޔާވީ މެޗުގެ އިތުރު ވަގުތުގައެވެ. އަނިޔާގެ ސަބަބުން އޭނާ ވަނީ ބަދަލުކޮށްފައެވެ. ދަނޑުން ބޭލި ވަގުތުވެސް ކަވާހަލް ކަކުލަށް ވަރަށްބޮޑަށް ތަދުވާތީ އުޅުނުކަން ފާހަގަވިއެވެ. ޔެރެމީ ޕީނޯއާ މުޑިއަރާ ލިބުނު އަނިޔާގައި މެޗު ދޫކޮށް ސްޓްރެޗަރގައި ސްޕެއިންގެ ކަވަހާލް ބޭލީ ކަރުނައާއެކު އެކުއެވެ. ކަވަހާލްގެ ކަކުލަށް ސީރިއަސް އަނިޔާއެއް ލިބިފައިވާކަމަށް ކޯޗު ކާލޯ އެންޗެލޮޓީ މެޗަށް ފަހު ބުނޏެވެ.
"ހީވަނީ ސީރިއަސް ކަކުލުގެ އަނިޔާއެއްހެން. ކުޅުންތެރިން ތިބީ ވަރަށް ދެރަވެފަ ހާސްވެފަ. އެއީ ކަލަންޑަރަށް ބަލާނަމަ އެއީ ވަރަށް ބޮޑު ކަމަކަށްވެދާނެ. އޭނާއަކީ އަހަރެމެންނަށް ވަރަށް, ވަރަށް މުހިއްމު ކުޅުންތެރިއެއް" ނޫސްވެރިންނާ ވާހަކަ ދައްކަމުން އަންޗޮލޮޓީ ބުންޏެވެ.
މެޗުގައި ރެއާލްގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްދިނީ ފެޑްރީކޯ ވަލްވާޑޭ އެވެ. ގޯލް އޭރިއާގެ އަރިމަތިން ގޯލްގެ ތިރީ ކަނަށް ފޮނުވާލައިގެ 14 ވަނަ މިނިޓްގައި ރެއާލްއަށް ލީޑު ނަގައިދިނުމަށް އެހީތެރިވީ ކެޕްޓަން ލޫކާ މޮޑްރިޗްއެވެ.
އޭގެ ހަމަ ކުޑައިރުކޮޅެއް ފަހުން ވިޔަރެއާލްއިން ނަތީޖާ ހަމަހަމަ ކުރިހެން ހީވި ވަގުތުކޮޅެއްވެސް ދިޔައެވެ. ނަމަވެސް ނިކޮލަސް ޕެޕޭ ގޯލާ އަމާޒުކޮށް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑި އަށެވެ.
ފެޑްރީކޯ ވަލްވާޑޭ ތަނަވަސްކޮސްދިން ފުރުޞަތުގައި ރެއާލް މެޗުން މޮޅުވި ގޯލް ކާމިޔާބު ކޮށްދިނީ ވިނީޝިއުސް ޖޫނިއަރ އެވެ. މެޗުގެ 17 ވަނަ މިނިޓްގައި ވިނީ ކާމިޔާބުކޮށްދިން މިގޯލަކީ ވަރަށް ދުރުން ގޯލާ އަމާޒުކޯށް ފޮނުވާލި ބޯޅައެކެވެ.
މެޗުގައި އިތުރު ހަމަލާތައް އުފައްދާ, އިތުރު ގޯލްތައް ކާމިޔާބު ކުރެވޭތޯ ރެއާލްއިން ވަރަށް މަސައްކަތް ކުރިއެވެ. އެންޓޯނިއޯ ރުޑީގާ އަދި ޖޫޑް ބެލިންގހަމް އަށް ރަނގަޅު ފުރުޞަތުތަކެއް ލިބުންނަމަވެސް ގޯލަކަށް ބަދަލުކޮށް ނުލެވުނެވެ.
މި ނަތީޖާއާ އެކު އެއް މެޗު އިތުރަށްކުޅެ ޕޮއިންޓްގެ ގޮތުން ހަމަހަމަ ވިނަމަވެސް ރެއާލް އޮތީ ވާދަވެރި ބާސެލޯނާގެ ފަހަތުން ތާވަލްގެ ދެވަނައިގައެވެ. ނަމަވެސް އާދިއްތަ ދުވަހު އަލްވެސްއާ ދެކޮޅަށް ކުޅޭ މެޗުން ބާސެލޯނާ މޮޅުވެއްޖެނަމަ ފޮއިންޓްގެ ފަރަގު ބާސެލޯނާއަށް ބޮޑުކުރެވޭނެއެވެ.
ރިއެކްޝަންސް