އެއަރ އިންޑިއާ މަތިންދާބޯޓް ވެއްޓުނު ހާދިސާ: މިހާތަނަށް ސަލާމަތްވީ އެކަކު, 290 އަށްވުރެ ގިނަ  މަރު
ސަލާމަތްވި މީހާގެ ބޯޑިންކާޑު: ފޮޓޯ: ރޮއިޓާސް

އެއަރ އިންޑިއާ މަތިންދާބޯޓް ވެއްޓުނު ހާދިސާ: މިހާތަނަށް ސަލާމަތްވީ އެކަކު, 290 އަށްވުރެ ގިނަ މަރު

23 hours ago - 21:51
Jun 12, 2025 - 21:54

އެއަރ އިންޑިއާގެ މަތިންދާބޯޓެއް ގުޖުރާތުގެ އަޙްމަދު އާބާދުން ނައްޓާލިތަނާ ކުޑައިރުކޮޅެއްގެ ތެރޭގައި ވެއްޓުނު ހާދިސާގައި 290 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ. ހާދިސާގައި ސަލާމަތް ވެފައިވަނީ 40 އަހަރުގެ އިނގިރޭސި ވިލާތުގެ ރައްޔިތެކެވެ.

ލަންޑަންއަށް ދިއުމަށް ފުރި މި ބޯޓުން ޕައިލެޓުންނާއި ކްރޫއާއެކު ޖުމްލަ 242 މީހަކު ދަތުރުކުރިއެވެ. ނަމަވެސް ބޯޓު ވެއްޓިފައި ވަނީ އަޙްމަދު އާބާދުގެ ސަރުކާރު މެޑިކަލް ކޮލެއްޖެއްގެ ޑޮކްޓަރުން ތިބޭ ހޮސްޓެލް ގެ މައްޗަށްކަމުން ހާދިސާގައި ބޯޓުން ދަތުރުކުރި މީހުންނަށްވުރެ އިތުރަށް މީހުން މަރުވާނެކަމަށް ކުރިންވެސް ވަނީ އަންދާޒާ ކުރެވިފައެވެ. ބޯޓް ވެއްޓިފައިވަނީ ވެސް މެންދުރު ކެއުމުގެ ވަގުތުގައެވެ.

މިއީ ފާއިތުވެދިޔަ ދިހަ ވަރަކަށް އަހަރުގެ ތެރޭގައި އިންޑިއާގައި ހިނގި ވައިގެ އެންމެ ހިތާމަވެރި ހާދިސާއެވެ. ބޮއިން 8-787 ޑްރީމްލައިނާގެ ބޯޓެއް ވެއްޓުނު ފުރަތަމަ ފަހަރުވެސް މެއެވެ. މިއީ ބޮއިންގެ އެންމެ ފަހުގެ މަރުކާގެ ބޯޓެކެވެ.

"ގާތްގަނޑަކަށް 294 މީހަކު ވަނީ މަރުވެފައި. އޭގެތެރޭގައި މެޑިކަލް ކޮލެޖްގެ ބައެއް ދަރިވަރުންވެސް ހިމެނޭ." ގުޖުރާތު ސްޓޭޓުގެ ފުލުހުންގެ އިސް އޮފިސަރު ވިނީ ޗައުދަރީ  ރޮއިޓާސްއަށް މައުލޫމާތު ދީފައިވެއެވެ.

Advertisement
Advertisement

ސަލާމަތްވި މީހާއިނީ ބޯޓުގެ އިމަޖެންސީ ދޮރު ކައިރީގައި 11 އޭގައެވެ. އެހެންކަމުން ބޯޓުން ދަތުރުކުރި އެހެން ބައެއް މީހުން ދިރިތިއްބާ ފެނުމުގެ އުއްމީދު އެބައޮތްކަމަށް ވަނީ ބުނެފައި ވެއެވެ. 

ބޯޓުން ސަލާމަތްވި 40 އަހަރުގެ ވިޝްވާޝް ކުމާރު ބުނީ ބޯޓު ނައްޓާލިތާ 30 ހަކަށް ސިކުންތު ތެރޭގައި ގަދަ އަޑުފައްގަނޑެއް އިވުނުކަމަށެވެ. އަދި ހުރިހާ ކަމެއްވެސް ހިނގީ ވަރަށް އަވަހަށް ކަމަށް ހިންދުސްތާން ޓައިމްސްއަށް ރަމޭޝް ބުނެފައި ވެއެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow