 
                                    އުމުރު 36, ހައްޔަރު ކުރެވުނު އަދަދު 56!
ތަފާތު 56 ފަހަރެއްގެ މަތީން ހައްޔަރުކުރި 36 އަހަރުގެ މީހަކަށް ދައުވާކޮށްދޭން ފުލުހުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ. ފުލުހުން ޕީޖީއަށް ފޮނުވީ ހ. ރެދަން / މާލެ، ފަވާޒު ކަޅުތުއްތު (36އ) ގެ މައްޗަށް ދައުވާ ކޮށްދިނުމަށެވެ.
ފަވާޒުގެ މައްޗަށް ދައުވާކޮށްދޭން އެދުނީ މައްޗަންގޯޅި ސަހަރާ ކައިރީގައި ހުންނަ “ޕަރާއޯ” ފިހާރައަށް ވަދެ، ވަޅިން ބިރުދައްކައި އެފިހާރައިގެ ވަތްގަނޑުގައި ހުރި ފައިސާ ފޭރުނު މައްސަލައިގައެވެ. މިދިޔަ މެއި މަހުގެ ފުރަތަމަ ދުވަހުގެ ހާދިސާގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް ފުލުހުން ޕީޖީގައި އެދުނީ މިއަދު އެވެ.
މި މައްސަލައާ ގުޅިގެން ފަވާޒް ކަޅުތުއްތު ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މެއި 13 ވަނަ ދުވަހުއެވެ. އޭނާގެ ތަހުގީގު ކުރިއަށް ގެންދިޔައީ ބަންދުގައި ބަހައްޓައިގެންނެވެ.
ފަވާޒް ކަޅުތުއްތު އަކީ މީގެކުރިން ތަފާތު އެކި މައްސަލަތަކުގައި 52 ފަހަރު ހައްޔަރުކޮށްފައިވާ މީހެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.
ރިއެކްޝަންސް
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                


 
         
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
     
                                
                                                                    





 
                                                                                                                                             
                                                                                                                                             
                                                                                                                                            
