އިންޑިއާގެ މަތިންދާބޯޓު ވެއްޓުނު ހާދިސާގައި  މަދުވެގެން 30 މަރު
މަތިންދާބޯޓް އިމާރާތުގެ މައްޗަށް ވެއްޓިފައި. ފޮޓޯ: އޭވިއޭޓާސް ފޭސްބުކް

އިންޑިއާގެ މަތިންދާބޯޓު ވެއްޓުނު ހާދިސާގައި މަދުވެގެން 30 މަރު

ދިވެހި ސަރުކާރު އޮތީ އިންޑިއާ އާ އެކު- ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު

1 day ago - 17:03
Jun 12, 2025 - 17:14

އެއަރ އިންޑިއާގެ އޭ-171, ބޮއިންގ 8-787 އެންމެ ޒަމާނީ މަރުކާ: ޑްރީމްލައިނާ މަތިންދާ ބޯޓު މިއަދު މެންދުރުފަހު އިންޑިއާގެ އަޙްމަދު އާބާދުން ފުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ވެއްޓުނު ހާދިސާގައި މިހާތަނަށް މަދުވެގެން 30 މީހަކު މަރުވެފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ. 

ގުޖުރާތުގެ އަޙްމަދު އާބާދު އެއާޕޯޓުން ލަންޑަންގެ ގެޓްވިކްއަށް ދިއުމަށް ފުރި މިބޯޓްގައި ކްރޫން ހިމެނޭހެން ޖުމްލަ 242 ފަސިންޖަރުން ތިއްބެވެ. އޭގެ ތެރޭގައި އިނގިރޭސި ވިލާތުގެ 53 ފަސިންޖަރުންނާއި އިންޑިއާގެ 169 ފަސިންޖަރުންގެ އިތުރުން ޕޯޗުގަލްގެ 7 ފަސިންޖަރުންނާއި ކަނެޑާގެ އެކަކު ހިމެނެއެވެ.

އިންޑިއާގެ ފުލުހުންނާ ހަވާލާދީ ރޮއިޓާސް އިން ބުނެފައިވާ ގޮތުގައި ބޯޓް ވެއްޓިފައިވަނީ އަޙްމަދު އާބާދުގެ ޑޮކްޓަރުންގެ ހޮސްޓެލްއެއްގެ މައްޗަށެވެ. ފޮޓޯތަކުން ފެންނަގޮތުގައި ބޯޓު އިމާރާތުގެ މައްޗަށް ވެއްޓި އިމާރާތް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. 

" ބޮޑުބައި ޖެހިފައިވަނީ ސަރުކާރުގެ ބީ.ޖޭ މެޑިކަލް ކޮލެޖްގެ ހޮސްޓެލްގެ ކެއުމަށް ހާއްސަކޮށްފައިވާ ބައިގެ މައްޗަށް. މިހާރު އެސަރަހައްދުގެ 80-70 އިންސައްތަަ ވަނީ ސާފުކުރެވިފައި" ފުލުހުންނާ ހަވާލާދީ ރޮއިޓާސްގައި ބުނެފައިވެއެވެ.

Advertisement
Advertisement

ބޯޓުން 217 މީހަކާއި 11 ކުޑަކުއްޖަކު ދަތުރުކުރި އިރު, ބޯޓު ވެއްޓުމުގެ މި ހާދިސާ އާ ގުޅިގެން އިންޑިއާގެ ބޮޑުވަޒިރު ނަރެންދުރަ މޯދީ ވަނީ  އެކްސްގައި ހިތާމަފާޅުކޮށް ޕޯސްޓެއް ކުރައްވާފައެވެ. 

މޯދީގެ ޕޯސްޓްގައި އަޙްމަދު އާބާދުގައި ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން ކުއްލި ޝޮކެއް ލިބިވަޑައިގެންނެވި ކަމަށް ވިދާޅުވެފައި ވެއެވެ. އަދި އެެއީ ބަޔާންކުރަންދަތި ދަރަޖައަށް ހިތްހަލާކުވި ހާދިސާއެއްގެ ގޮތުގައި މޯދީ ވަނީ ސިފަކުރައްވާފައެވެ. 

"މިއީ ވަރަށް ހިތާމަވެރި ވަގުތެއް. އަޅުގަނޑުގެ ހެޔޮއެދުން ވަނީ މިކަމުގައި ގެއްލުން ލިބުނު ހުރިހާ ފަރާތްތަކާއެކު. މިނިސްޓަރުންނާއި އިދާރާތަކާއެކު ވަރަށް ގާތުން ކަންކަން ބަލަމުން މިދަނީ" މޯޑީގެ ޕޯސްޓަގައި ވިދާޅުވެފައި ވެއެވެ.

އިންޑިއާގައި ހިނގި މި ހިތާމަވެރި ހާދިސާއާ ގުޅިގެން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ  އެއަރ އިންޑިއާގެ ފްލައިޓުން ދަތުރުކުރި ފަރާތްތުގެ ހިތާމައިގެ ބައިވެރިވާކަމަށް ވިދާޅުވެ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ. 

"ފްލައިޓް ވެއްޓުނު ހަބަރު އެހި ފުންހިތާމައާއެކު. މި ދަތި އުނދަގޫ ވަގުތު ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ އިންޑިއާގެ ރައްޔިތުންނާއި ސަރުކާރާއެކު" ރައީސްގެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.

މިވަގުތު ސަރްދާރް ވައްލަބާއި ޕަޓެލް އިންޓަނޭޝަލް އެއަރޕޯޓްގެ ހިދްމަތްތައްވެސް އޮތީ ވަގުތީގޮތުން ހުއްޓާލާފައެވެ. 

މަތިންދާބޯޓު ވެއްޓުމުހެ ހާދިސާއާ ގުޅިގެން އިނގިރޭސިވިލާތުގެ ސަރުކާރުންވެސް އިންޑިއާގެ އިދާރާތަކާއެކު މަސައްކަތް ކުރަމުން އަންނަ ކަމުގައި އިނގިރޭސި ވިލާތުގެ ފޮރިން ސެކްރެޓަރީ ޑޭވިޑް ލަމީ ބުނެފައި ވެއެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow