ޒިމްބާބުވޭ އާއި އުޒުބެކިސްތާނު ސަފީރު ފަތްކޮޅު އަރުވައިފި
އުޒުބެކިސްތާނުން ކަނޑައެޅުއްވި ސަފީރު ފަތްކޮޅު އަރުއްވަނީ: ފޮޓޯ-ރައީސް އޮފީސް

ޒިމްބާބުވޭ އާއި އުޒުބެކިސްތާނު ސަފީރު ފަތްކޮޅު އަރުވައިފި

1 day ago - 15:29
Jun 12, 2025 - 15:29
Advertisement
Advertisement

ޒިމްބާބުވޭ އާއި އުޒުބެކިސްތާނުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުއަށް މިއަދު ފަތްކޮޅު އަރުވައިފިއެވެ. ދެ ސަފީރުން ފަތްކޮޅު އެރުވީ މިއަދު ވަކިވަކިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވ ރަސްމިއްޔާތުގައެވެ.

އުޒްބެކިސްތާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ނޮން-ރެސިޑެންޓް ސަފީރަކީ ސަރްދޯ ރުސްތަމްބޭވް އެވެ.

އުޒްބެކިސްތާނުގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ވިދާޅުވެފައެވެ.

އެއަށްފަހު އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި، ވިޔަފާރި، އިޤްތިޞާދު، އަދި ތަޢުލީމީ ދާއިރާގެ ފުރުޞަތުތައް އިތުރަށް ފަހިކުރުން ހިމެނެއެވެ. މިބައްދަލުވުމުގައި ދެބޭފުޅުންވެސް ވަނީ ދެޤައުމުގެ މެދުގައި އޮތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މިގުޅުން އިތުރަށް ބަދަހިކުރުމުގެ މައްޗަށް ވާހަކަފުޅު ދައްކަވާފައެވެ.

Advertisement
Advertisement

ދިވެހިރާއްޖެއާއި އުޒްބެކިސްތާނާއި ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރީ 1994 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ ހަތްވަނަ ދުވަހުއެވެ.

ޒިމްބާބްވޭ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ނޮން- ރެޒިޑެންޓް ސަފީރަކީ ސްޓެލާ ނޮކޮމޯ އެވެ.

ޒިމްބާބްވޭގެ އައު ސަފީރު، ރައީސުލްޖުމްހޫރިއްޔާއަށް މަޤާމުގެ ފަތްކޮޅު އެރުވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އައު ސަފީރަށް މަރުޙަބާވިދާޅުވެފައެވެ. އައު ސަފީރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ދެ ޤައުމުން މަސްލަޙަތު ހިއްސާކުރާ ކަންކަމާމެދު މަޝްވަރާކުރައްވަމުން ސަފީރު ވަނީ، ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް ހުރި ފުރުޞަތުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ދެފަރާތުންވެސް ވަނީ، ފަތުރުވެރިކަމުގެ ދާއިރާއިން ފަންނީ މަޢުލޫމާތު ހިއްސާކުރުމަށް ޚާއްޞަ ސަމާލުކަން ދިނުމާއެކު، އިޤްތިޞާދީ ގޮތުން ގުޅުންބަދަހިކުރެވެން ހުރި ފުރުޞަތުތައް ފުޅާކުރުމަށް ގަސްދުކުރައްވާކަން ހާމަކުރައްވާފައެވެ.

ދިވެހިރާއްޖެއާއި ޒިމްބާބްވޭއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ، 7 ޖަނަވަރީ 1987 ގައެވެ.

ދެސަފީރުންވެސް ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް، ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި، މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement